ޚަބަރު މިރޭގެ ބޮޑު ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ސިޔާސީ އެންމެ ބޮޑު ޖަލްސާއަށް: އަބްދުއްރަހީމް

މިރޭގެ ބޮޑު ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ސިޔާސީ އެންމެ ބޮޑު ޖަލްސާއަށް: އަބްދުއްރަހީމް

މިރޭގެ ބޮޑު ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ސިޔާސީ އެންމެ ބޮޑު ޖަލްސާއަށް: އަބްދުއްރަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ 8:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ރޭގައި ވިދާޅުވެއްޖެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖަލްސާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ފެނިގެންދަނީ ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއީދު ކަމަށާއި، މިއީ މުޅި ރާއްޖެއިން ބައިވެރިވާ ހަރަކާތެއް ކަމަށެވެ. މިހާ ފޯރިއާއި ޖޯޝާއެކު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ސިޔާސީ ހަރަކާތަކަށް މީގެ ކުރިން ތައްޔާރުވެފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ޗެއާމަން އިތުރަށް ވިދާޅުވީ، މި ޖަލްސާއަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން އެނބުރިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

ޓެގް

އަދުރޭ ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.