ބޮލީވުޑް ސަލްމާން ޙާނުގެ “ޓައިގަރ 3” އަށް ފުރަތަމަ ދުވަހުވެސް ރެކޯރޑެއް

ސަލްމާން ޙާނުގެ “ޓައިގަރ 3” އަށް ފުރަތަމަ ދުވަހުވެސް ރެކޯރޑެއް

ސަލްމާން ޙާނުގެ “ޓައިގަރ 3” އަށް ފުރަތަމަ ދުވަހުވެސް ރެކޯރޑެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބޮލީވުޑްގެ ސްޕަރ ސްޓާރ ސަލްމާން ހާނާއި ކެޓްރީނާ ކައިފްގެ ސްޕައި ފިލްމު “ޓައިގާ 3” ދަށްކަން ފެށި ފުރަތަމަ ދުވަހު ރެކޯރޑް އަދަދަކަށް ފައިސާ ލިބިއްޖެއެވެ. މިގޮތުން މި ފިލުުމު ދަށްކަށްފެށި ފުރަތަމަ ދުވަސްކަމަށްވާ މިދިޔަ އާދިއްތަ ދުވަހު ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލުމަށް 11 މިލިއަން ޑޮލަރު ނުވަތަ 94 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.

އެފިލުމަކަށްޓަކައި ގިނަބަޔަކު އިންތިޒާރު ކުރަމުންއައި  ސަލްމާން ޙާނުގެ “ޓައިގަރ 3” ދަށްކަން ފެށި ފުރަތަމަ ދުވަހު އިންޑީޔާގެ ސިނަމާތަކުން އެކަނިވެސް 6 މިލިޔަން ޑޮލަރު ލިބިފައިވާއިރު ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ދަށްކައިގެން 5 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ މެދުއިރުމަތީގެ ޤައުމުތަކުން ލިބުނު ފައިސާއެވެ. ފިލުމުތަކާއި ބެހޭ މަޢުލޫމާތުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯރޓްކުރާ ގޮތުގައި މިއީ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ބޮލީވުޑްގެ ފިލުމަކަށް އެންމެ ބޮޑު އާއްމުދަނީއެއް ލިބުނު ފިލުމުކަމަށެވެ. އެފަރާތްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި ބޮލީވުޑްގެ އެއްވެސް ފިލުމަކަށް މީގެ ކުރިން ފިލުމު އަޅުވާ ފުރަތަމަ ދުވަހުން 11 މިލިއަށް ޑޮލަރު ލިބިފައެއް ނުވެއެވެ.

ދުނިޔޭގެ ފިލުމުތަކާއި ގުޅޭ މަޢުލޫމާތުތައް ގެނެސްދޭ ފަރާތްތަކުން އިތުރަށް ރިޕޯރޓް ކޮށްފައިވާ ގޮތުގައި  “ޓައިގަރ 3” މިއީ ސަލްމާންޙާންގެ މުޅި ފިލްމީ ހަޔާތުގައި ކުޅުނު ފިލުމުތަކުގެ ތެރެއިންވެސް ފިލުމު އެޅުވި ފުރަތަމަ ދުވަހު މިފަދަ ބޮޑު އާއްމުދަނީއެއް ލިބިގެންދިޔަ ފުރަތަމަ ފިލުމެވެ. މިހެންކަމުން މިއީ ސަލްމާންހާނަށް  ވެސް ލިބިގެންދިޔަ ރެކޯރޑެކެވެ.

މިހާރު މުޅި ދުނިޔެއަށް ނަން މަޝްޙޫރު ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގައި ހިމެނޭ މި ފިލްމުގައި ދައްކަނީ “ޓައިގާ”ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ ޝާހްރުކް ހާންގެ “ޕަތާން” އާއި ރިތިކް ރޯޝަންގެ “ވޯ”ގެ ފަހުން ހިނގާ ކަންތައްތަކެވެ. މިފިލުމުގައި ރިތިކް ރޯޝަން އާއި ޝާރޫކް ޙާންގެ ފެނިލުންތަކެއްވެސް ހިމެނިފައިވެއެވެ.

ޓެގް

ބޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.