ޚަބަރު

އަންހެނުންގެ ޤައުމީ ޚިދުމަތް ފާހަގަކޮށް 15 ފަރާތަކަށް ރެހެންދި އެވޯޑު އަރުވައިފި

މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ “ރެހެންދި އެވޯޑް” 15 ފަރާތަކަށް އަރުވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި 2024 އަދި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި، މި އެވޯޑަކީ ހަމައެކަނި ކާމިޔާބީއެއް ފާހަގަކުރުން އެކަންޏެއް ނޫނެވެ؛ މިއީ އަންހެނުންގެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ މަންސައެއްކަމަށާއި، އާއިލާ ބިނާކުރުމުން ފެށިގެން ޤައުމު އާރާސްތުކުރުމުގައި އަންހެނުން ކުރާ ބުރަ މަސައްކަތުގެ ރަމްޒެކެވެ. ސަރުކާރުން އަންހެނުންނަކީ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއްކަން ކަށަވަރުކޮށް، ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު އަންހެނުންނަށް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

2025 ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އާއިޝަތު ހުސައިން، ޘުރައްޔާ އިބްރާޙިމް، އާމިނަތު އާދަމް ކޮއި، ޑރ. ރުޚްޝާނާ އަޙްމަދު، ސަމީނާ އިބްރާޙީމް، އަދި ސަފާތު އަޙްމަދު ޒާހިރު ހިމެނެއެވެ. ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާއިން އާމިނަތު ރީމާ ރަޝީދު އާއި އާމިނަތު ސޫޒަން ހޮވުނުއިރު، އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން އައިޝަތު ވަހީދާ އަދި އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއިން ޒަހިއްޔާ މުޙައްމަދު ހޮވިވަޑައިގެންނެވިއެވެ.

 2024 ވަނަ އަހަރު އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އަލްއުސްތާޛާ މަރްޔަމް އިނާޝާ، މަރްޔަމް މުރުޝިދާ، އަސްމާ ޙަސަން، އަދި ޢާއިޝަތު ޠާއިފާ އަށް އެވޯޑް ލިބިފައިވެއެވެ. މީގެ އިތުރުން ހަމަ މި ދާއިރާއިން، ޖަމްޢިއްޔާއެއްގެ ގޮތުގައި “ވިމެން އެންހޭންސްމަންޓް (އެންޖީއޯ)” އަށް ވެސް މި އެވޯޑް ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close