ޚަބަރު ޤައުމެއްގެ އިސްތިޤްލާލް ޙިމާޔަތްކުރުމުގެ އަސްލަކީ އިޤްތިޞާދީ ބާރުވެރިކަން: ރައީސް ނަޝީދު

ޤައުމެއްގެ އިސްތިޤްލާލް ޙިމާޔަތްކުރުމުގެ އަސްލަކީ އިޤްތިޞާދީ ބާރުވެރިކަން: ރައީސް ނަޝީދު

ޤައުމެއްގެ އިސްތިޤްލާލް ޙިމާޔަތްކުރުމުގެ އަސްލަކީ އިޤްތިޞާދީ ބާރުވެރިކަން: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމުގެ ޙަޤީޤީ ޤާބިލުކަން ލިބެނީ އެ ޤައުމެއްގެ މާލީ އަދި އިޤްތިޞާދީ ބާރުގަދަކުރެވިގެން ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާ މަންސައެއްގައި މިއަދު ޝާއިޢުކުރެއްވި ބަޔާނެއްގައެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިސްތިއުމާރީ އަޅުވެތިކަމަށްފަހު ދުނިޔޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް (އެފްޑީއައި) މަރުޙަބާ ކިޔައި، އެ ފުރުޞަތުތަކުގެ އެދެވޭ ބޭނުން ހިފި ޤައުމުތަކެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ޤުދުރަތީ ވަސީލަތްތައް ނަގައި ބޭރުކުރާ އެއްޗަކަށް ނުހަދައި، އެ ތަކެތި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތަށް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގެ ހެއްކެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޤައުމުތަކުން ބޭރުގެ ފަންޑުތަކަށް ފުރުޞަތު ދިނުމަކުން އެ ޤައުމުތަކުގެ މިނިވަންކަމަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށެވެ. އޭގެ ބަދަލުގައި، އެ ފުރުޞަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުނިޔޭގެ ކުރިމަތީގައި އަމިއްލަ އިސްތިޤްލާލު ދިފާޢުކުރުމުގެ ބާރާއި ޤަދަރުވެރި މަޤާމެއް އެ ޤައުމުތަކަށް ލިބިގެންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢަށް ފުރިހަމައަށް ތާއީދުކުރައްވާކަން ތަކުރާރުކުރައްވަމުން، އެމަނިކުފާނު ވަނީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ބޭރު މީހުންނަށް ނަފްރަތުކުރުމާއި ހަރުކަށި ނޭޝަނަލިޒަމް އިސްކުރުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެގް

ރަސްމާލެ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.