ވޯލްޑްކަޕް މެޗުތައް ބޮޑު ސްކްރީންތަކުގައި ނުދެއްކޭނެ ކަމަށް މީޑިއާނެޓުން ބުނެފި
ވޯލްޑްކަޕް މެޗުތައް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ނުދެއްކޭނެ ކަމަށް މީޑިއާ ނެޓުން ބުނެފިއެވެ.
ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މި މުބާރާތަކީ ދިވެހިންގެ މެދުގައި މަގުބޫލު މުބާރާތެކެވެ.
މިއަހަރު ރާއްޖެއަށް މުބާރާތް ދެއްކެމުގެ ލައިސަންސް އޮތީ މީޑިއާެޓަށެވެ. އެ ކުންފުންޏާއި ގުޅިގެން ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރާއްޖެ ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި މީޑިއާ ނެޓުގެ ޗެނަލެއް ކަމަށްވާ އައިސްޓީވީއަށެވެ.
މީޑިއާ ނެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއްކަމަށެވެ.

