ޚަބަރު

ކީރިތި ޤުރުއާނަކީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެއްވެސް އިރެއްގައި ވިސްނާފައި ނުވާނެ – އެޑިޔުކޭޝަން

ކީރިތި ޤުރުއާނަކީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެއްވެސް އިރެއްގައި ވިސްނާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ، ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

އެޑިއުކޭޗަން މިނިސްޓްރީން ވަނީ އާ ޤައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުޢާން ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރު ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކޮށް ގްރޭޑް 9 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދޭން ފަށާފައިވާކަމަށެވެ. އަދި މިއަހަރުގެ ދިރާސީ އަހަރާއެކު ގްރޭޑު 10 ގެ ދަރިވަރުންނަށްވެސް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުޢާން ކިޔަވައިދެމުންދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close