އީލޮން މަސްކް ރަހުމުކުޑަކޮށް ޓްވިޓާގެ ނާޒުކު މުވައްޒަފުންތަކެއް ވަކިކޮށްފި
ޓްވިޓާއާ ހަވާލުވުމަށް ފަހު އެލޮން މާސްކް އަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. މާސްކް އަކީ ޓެސްލާ އާއި ސްޕޭސްއެކްސް ފަދަ ބޮޑެތި ބްރޭންޑްތައް ހިމެނޭ ގޮތަށް ބައެއް ކުންފުނިތަކުގެ ސީއީއޯއެވެ. މާސްކް ޓްވިޓާއާއި ހަވާލުވެ ގިނަ ކަންކަން ބަދަލު ކުރަމުންދާއިރު، އެކަމުގެ ސަބަބުން މިވަގުތު މާކެޓުގައި ޓެސްލާއަށް ދަނީ ބޮޑެތި ޑީލްތަކެއް ގެއްލެމުންނެވެ. ނަމަވެސް އެލޮން މާސްކް ގަބޫލުކުރާ ގޮތުގައި އޭނާގެ ކިބައިގައި ޓްވިޓާ ހިންގުމާއި، ކަންކަން ބަދަލުކުރުމުގެ ގާބިލްކަން އެބަހުއްޓެވެ.
ހަމަ ޔަޤީނުންވެސް ޓްވިޓާއާއި މަސްކް ހަވާލުވުމާއި ހަމައަށް ޓްވިޓާ އޮތީ ވަރަށް ރަނގަޅު ހާލަތެއްގައެވެ. ކުންފުނީގެ ވިޔަފާރިއާއި، ހިންގުމުގެ ދާއިރާއޮތީ ވަރަށް ފުރިހަމަކޮށް ވަރުގަދަކޮށެވެ. އެ ކުންފުނީގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ގިނައިންވެސް މުވައްޒަފުންނާއި އިންފްރާސްޓްރަކްޗާ އެބަހުއްޓެވެ. ޓްވިޓާއަށް އެކަށީގެންވާ ވަރަށްވުރެ އިތުރުކަމަށް ބުނެ އެލޮން މާސްކް ޓްވިޓާއިން ވަނީ ގިނަބަޔަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ހަމަ ކޮންމެ މީހަކުވެސް ޓްވިޓާގެ ވަޒީފާއިން ވަކިކުރަންޖެހިދާނެކަން ގިނަ މުވައްޒަފުންނަށް މިހާރު ވަނީ މަސްކް ކަށަވަރުކޮށްދީ އެކަން އަންގާފައެވެ.
މާސްކް ޓްވިޓާއާ ހަވާލުވުމަށް ފަހު އޭނާ ވަނީ އެކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރަން ފަށާފައެވެ. ހުކުރު ދުވަހުގެ ހެނދުނު ޓްވިޓާގެ މެނޭޖްމަންޓުން ވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އީމެއިލް ކުރަން ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާގެ 7،500 މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާ ދޫކޮށްދާން ޖެހޭނެއެވެ.
ޓްވިޓާގެ ބައެއް މުވައްޒަފުންވަނީ އެމީހުންގެ ވާހަކަތައް ޓްވިޓާގައި ހިއްސާކޮށްފައެވެ.
“ހީވަނީ ވަޒީފާގެ ކަންތައް އެއްކޮށް ނިމިއްޖެހެން. އެ ކުންފުނިން ހަމަ ރިމޯޓްކޮށް އަހަރެންގެ މަސައްކަތުގެ ލެޕްޓޮޕް އެކްސެސް އިން ލޮގް އައުޓްކޮށް ސްލެކް ޗެނަލުން ބޭރުކޮށްލީ،” ޓްވިޓާގެ ކުރީގެ ސީނިއާ ކޮމިއުނިޓީ މެނޭޖަރެއް ކަމަށްވާ ސައިމަން ބަލްމޭން ކުރި ޓްވީޓެއްގައި ބުންޏެވެ.
ބަލްމޭން ދިރިއުޅެނީ އިނގިރޭސިވިލާތުގައި ނަމަވެސް ޓްވިޓާގެ ލޮސް އެންޖެލިސް އޮފީހުގެ ބައެއްގެ ގޮތުގައި ދުވާލަކު މަދު ގަޑިއިރުތަކެއް ވަންދެން ރިމޯޓްކޮށް އޭނާ މަސައްކަތް ކުރެއެވެ.

ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ވަޒީފާއިން ވަކިކުރުމުގެ ޕްރޮސެސް ތަފްސީލުކޮށް ވިދާޅުވެފައެވެ.
“އެންމެންނަށް ވެސް އީމެއިލް އެއް ލިބުނީ ކުންފުނިން ވަޒީފާތަކުން ވަކިކުރަން އުޅޭ ކަމަށް،” ބަލްމޭން ވިދާޅުވި އެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން މުވައްޒަފުންގެ ލެޕްޓޮޕް އެކްސެސް ރިމޯޓުން ލޮގްއައުޓް ކުރަން ފެށީ، ސްލެކް ޗެނަލްތަކާއި ޖީމެއިލް ކުންފުނީގެ މެއިލް ބޮކްސްތަކާ އެކު”.އެއްކޮށް ބަންދުވެގެން ދިޔައީ. އޭނާ ކިޔައިދިނެވެ.

ގިނަބަޔަކު ވަޒީފާތަކުން ވަކިކުރަމުންދާތީ ނުރުހުން ފާޅުކުރަމުންދާތީ އެލޮން މާސްކް ދެންމެ ޓްވީޓް ކުރީ ޓްވިޓާގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުންނެވެ. އޭނާ ބުނީ ދުވާލަކު ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ކުންފުންޏަށް ލިބެމުންދާ ކަމަށާއި، ވަޒީފާއިން މީހުން ވަކިކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ.



Dhuvaaluge madhu gadi thakegga mee ves dhivehin liyu mugabe bey nun kuraa gothe baa