ޚަބަރު ކަސްޓަމްސްއިން 2.3 މިލިއަން ސިނގިރޭޓު އަތުލައިގެންފި

ކަސްޓަމްސްއިން 2.3 މިލިއަން ސިނގިރޭޓު އަތުލައިގެންފި

ކަސްޓަމްސްއިން 2.3 މިލިއަން ސިނގިރޭޓު އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ކޮމާޝަލް ހާބަރަށް ކަނޑުމަގުން އެތެރެކުރި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ސްޓިކް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ 14 ވީ އަންގާރަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކަސްޓަމްސްގެ އޮފިޝަލުން ހިންގި މި ބަލައިފާސްކުރުމުގެ ތެރެއިން ޖުމްލަ 2،304،200 ސިނގިރޭޓު ސްޓިކް ހޯދާފައިވާއިރު، މިއީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތިކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބޮޑު އަތުލައިގަތުމާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ތަޙުޤީޤު ކުރަމުންދާ އިރު، މި މައްސަލާގައި އެއްވެސް މީހަކަށް ތުހުމަތުކުރެވޭ ކަމެއް ނުވަތަ މި މުދާ ފޮނުވި ފަރާތަކާ ބެހޭ އެއްވެސް ތަފްސީލެއް ކަސްޓަމްސްއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ޓެގް

ވަގު ސިނގިރޭޓް ކަސްޓަމްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.