ޚަބަރު

ޢާއްމުންގެ ޚިޔާލު ހޯދައިގެން މުޖުތަމަޢު ބާރުވެރި ކުރުވަނީ

ދިވެހި ޢާއްމު ރައްޔިތުންގެ ޚިޔާލު ހޯދައިގެން ދިވެހި މުޖްތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމް ތަކަށް ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންނަށް ފުރުޞަދު ލިބިދޭ ގޮތަށް “ހުދު ކަރުދާސް” ނަމުގައި ކަރުދާހެއް އާންމުކޮށްފި އެވެ.

ހުދުކަރުދާސް އާންމުކޮށްދެއްވީ އެކަމަށްޓަކައި ހާއްސަކޮށްގެން ސޯޝަލް ސެންޓަރުގައި ރޭ (ހޯމަދުވަހުގެރޭ) ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސައިންސްވެރިޔާ ޕޮރްފެސަރ ހަސަން އުގައިލްއެވެ.

ހުދުކަރުދާސް އާންމުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕޮރްފެސަރ އުގައިލް ވިދާޅުވީ، ހުދުކަރުދާހުގައި ބަޔާންކޮށްފައި ހުރީ ވަރަށް މުހިންމު ކަންތަށްތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުން، ގައުމު ކުރިއެރުވުމަށާއި، ގައުމު ބައްޓަންކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން ވަރަށް ފުރިހަމައަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

“ފާހަގަކުރެވުނު އެއް ކަމަކީ މިކަރުދާހަށް އުނިއިތުރު ގެނައުމުގެ ފުރުސަތު އެބައޮތް. އެއީ ވަރަށް މުހިންމުކަމެއް. ހިޔާލަކީ ބަދަލުވަމުން އަންނަ އެއްޗެއް. އެހެންވީމަ މި ކަރުދާހުގައި އެބައޮތް ވަރަށް ސަރީހަކޮށް ކިޔާދެވިފަ މި ކަރުދާހަށް އުނިއިތުރުކަން ގެނައުމަށް ޒުވަނުންނަށާއި، އަދި އެހެން ފަރާތްތަކަށްވެސް ފުރުސަތު އެބައޮތްކަން.” ޕްރޮސެފަރ އުގައިލް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނާއި، ކައުންސިލްތަކާއި ގާތުން މަސައްކަތްކުރުން ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި، ކައުންސިލްތަކާއި، އެންމެހާ ޖަމުއްޔާ ޖަމާއަތްތަކުން ހިޔާލާއި މަޝްވަރާ ދެއްވުމުން، އެ މަޝްވަރާގެ އަލީގައި ކުރެވޭނެ އެންމެ ރަނގަޅަކަށް އެމަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުދު ކަރުދާހުގެ މައިގަނޑު މަގްސަދަކީ ހުރިހާ ރަށްރަށެއްގެ ކައުންސިލް މެދުވެރިކޮށް ހުދު ކަރުދާސް ރައްޔިތުންނަށް ފޯރުކޮށްދީގެން އާންމުންގެ ހިޔާލު ހޯދައިގެން މުޖްތަމައު ބާރުވެރިކުރުވުމުގެ ގޮތުން ތައްޔާރުކުރާ ޕްރޮގްރަމުތަކަށް ކުރިޔަށް ގެންދިޔުންކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އެފަދަ ކަންކަމުގައި ރައްޔިތުންގެ ބަހެއް ހޯދުން ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ

ހުދު ކަރުދާހުގައި އާންމުންނަށް ހިޔާލުދެވޭނެ ގޮތްތަށް ފާހަގަކޮށްފައި ވާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޔޫތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ހުދުކަރުދާސް ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close