ޚަބަރު ރައްޔިތުންގެ އަޑުއެހުމަށް މާލެއާއި ހުޅުމާލޭގައި ސީސީބީގެ ދެ ލައުންޖެއް ހުޅުވައިފި

ރައްޔިތުންގެ އަޑުއެހުމަށް މާލެއާއި ހުޅުމާލޭގައި ސީސީބީގެ ދެ ލައުންޖެއް ހުޅުވައިފި

ރައްޔިތުންގެ އަޑުއެހުމަށް މާލެއާއި ހުޅުމާލޭގައި ސީސީބީގެ ދެ ލައުންޖެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ސަރުކާރާ ހިއްސާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ ދަށުން މާލެއާއި ހުޅުމާލޭގައި ދެ ލައުންޖެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިގޮތުން އާންމުންނަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ އެއް ސަރަހައްދެއްގެ ގޮތުގައި މާލޭގެ ލައުންޖު ހުޅުމާލެ ފެރީ ޓާމިނަލުގައި ހަމަޖައްސާފައިވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ލައުންޖު ޤާއިމުކޮށްފައިވަނީ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިރީ ފަންގިފިލާގައެވެ.

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މި ދެ ލައުންޖުން ޚިދުމަތް ލިބެމުންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މީގެއިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުން އަންނާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކައިރި މުސްތަޤުބަލެއްގައި ފޭސް 2 ގައިވެސް އިތުރު ލައުންޖެއް ހުޅުވުމަށް ވަނީ ރޭވިފައެވެ.

މި ލައުންޖުތަކުގެ އިތުރުން، ސީސީބީގެ ދަށުން ތަޢާރަފްކޮށްފައިވާ "ސިޓިޒަންސް ވޮއިސް" ޕޯޓަލް އަދި 1470 ނަންބަރު ހޮޓްލައިން މެދުވެރިކޮށް ހުއްޓުމެއްނެތި 24 ގަޑިއިރު ޝަކުވާތަކާއި ކަންބޮޑުވުންތައް ބަލައިގަތުމުގެ އިންތިޒާމު މިހާރުވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން މިއަދު ހުޅުވުނު ލައުންޖުތަކާއެކު، އޮންލައިންކޮށް ނުވަތަ ފޯނުން ގުޅަން ދަތިވާ ފަރާތްތަކަށްވެސް އަމިއްލައަށް ހާޒިރުވެ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ 16 އެޕްރީލް 2024 ގައެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ އިދާރާތަކާއި ޚިދުމަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ޝަކުވާތަކާއި ހުށަހެޅުންތައް އެއް ފުރާޅެއްގެ ދަށުން ބަލައިގަނެ، އެކަންކަމަށް ހަރުދަނާ އަދި އަވަސް ޙައްލުތަކެއް ހޯދައިދީ ދައުލަތް ހިންގުމުގެ ނިޒާމު ރައްޔިތުންނާ ވީހާވެސް ގާތްކުރުމެވެ.

ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.