ޚަބަރު

އެމްޑީޕީއަށް ރައްޔިތުންކުރާ އިތުބާރު ގެއްލުވައި ނުލުމަށް ކުރީގެ ޗެއާޕާސަން ހަސަން ގޮވާލައްވައިފި


އެމްޑީޕީއަށް ރައްޔިތުންކުރާ އިތުބާރު ގެއްލުވައި ނުލުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ޙަސަން މިހެން ގޮވާލެއްވީ ، މިއަހަރު ހަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ފަސް ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ހުށަހެޅުން ފާސްކުރަން ނުފެންނަ ބަޖެޓް ކޮމިޓީން ނިންމުމުން އެކަމާ ގުޅިގެންނެވެ.

ޙަސަން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުން ވެސް ގޯސް ކަމަށެވެ. އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

“އެހެން ނުހައްދަވާ. އެތަފްސީލް ދެއްވާ. އެމްޑީޕީގެ އިތުބާރު ގެއްލުވާނުލައްވާ.” ހަސަން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދުވެސްވވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި މިއީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ބޭނުންވި ގޮތް ކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރުންނާއި އޮތް އެގްރީމަންޓް އަކީ އެމްޑީޕީ ފުނޑާލުން ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

“ކޯލިޝަން ޕާޓްނަރުންނާއި އޮތް އެގްރީމަންޓް އަކީ މި ޕާޓީ ފުނޑާލުން. ދުވަސް ދުއްވާލުން. އިތުބާރު ގެއްލުވާލުން.” އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ޝިފާ އާއި ހަސަން އަކީ ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ދެފަރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close