ޚަބަރު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރަސްމާލެ މަޝްރޫއު ހިންގުން މަޖުބޫރު: ވަޒީރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރަސްމާލެ މަޝްރޫއު ހިންގުން މަޖުބޫރު: ވަޒީރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރަސްމާލެ މަޝްރޫއު ހިންގުން މަޖުބޫރު: ވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަޙައްދުގައި މިހާރު ހުރި ބިންތަކުން އެންމެ ގިނަވެގެން އެޅޭނީ 12,000 ފްލެޓް ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ޙައްލުކުރުމަށް ރަސްމާލެ މަޝްރޫޢަކީ ހިންގަން މަޖުބޫރު މަޝްރޫޢެއް ކަމަށް ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގިނަ އަދަދެއްގެ ބިން ދޫކޮށްފައިވުމުން، އިތުރު ފްލެޓް އެޅުމަށް ބިން ހޯދުމުގެ ދަތިކަން އެބަހުރި ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ މަޝްރޫޢަށް އިސްކަންދޭ ފަދައިން، ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. ސަރުކާރުގެ އަމާޒަކީ އެ ސަރަޙައްދުތަކުގައި އަސާސީ ޚިދުމަތްތައް އަވަހަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމެވެ. ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކާ ހުރެ، މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 20 އަހަރުގެ ދިގު ރާސްތާގެ ތަޞައްވުރުގައި ހިމެނޭ ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ޖުމުލަ 1,009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި ބޮޑު މަޝްރޫޢު ނިމުމުން، 65,000 ގެދޮރުގެ ފުރުޞަތު ރައްޔިތުންނަށް ޔަޤީންވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.