ޚަބަރު ޑަބްލިއުއެޗްއޯގެ ސަރަޙައްދީ އިސްވެރިޔާގެ މަޤާމަށް ރާއްޖެއިން ޑރ. ޖަމްޝީދު ނޮމިނޭޓްކޮށްފި

ޑަބްލިއުއެޗްއޯގެ ސަރަޙައްދީ އިސްވެރިޔާގެ މަޤާމަށް ރާއްޖެއިން ޑރ. ޖަމްޝީދު ނޮމިނޭޓްކޮށްފި

ޑަބްލިއުއެޗްއޯގެ ސަރަޙައްދީ އިސްވެރިޔާގެ މަޤާމަށް ރާއްޖެއިން ޑރ. ޖަމްޝީދު ނޮމިނޭޓްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް، ދިވެހިރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަޙްމަދު ޖަމްޝީދު މުޙައްމަދުގެ ނަންފުޅު ރާއްޖެއިން ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހާމަކުރި ގޮތުގައި، ސަރަޙައްދީ މި މުހިންމު މަޤާމަށް ރާއްޖޭގެ ބޭފުޅެއްގެ ނަން ހުށަހެޅުމަކީ ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ލީޑަރޝިޕްގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. ޑރ. ޖަމްޝީދަކީ ބައިނަލްއަޤްވާމީ ޞިއްޙީ ދާއިރާގެ ޑިޕްލޮމަސީގައި ފާހަގަކޮށްލެވޭ ގިނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ޑރ. ޖަމްޝީދު މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ބަންގްލަދޭޝްގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބުގެ ގޮތުގައެވެ. މީގެއިތުރުން، އުތުރު ކޮރެއާގައި ހުންނަވާ އެ ޖަމްޢިއްޔާގެ މަންދޫބުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ކުރިން ފުރުއްވާފައެވެ. އިންޑިއާއިން މެޑިސިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވުމަށްފަހު، އެމަނިކުފާނު މާސްޓަރސް ހެއްދެވީ ޕަބްލިކް ހެލްތުގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިންނެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމުގެ މަރުޙަލާތައް ކުރިއަށްދާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން، ޖެނުއަރީ މަހު ބާއްވާ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި ބޭފުޅަކު ނޮމިނޭޓްކުރުމަށްފަހު، ރަސްމީކޮށް މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރާނީ 25 ޖެނުއަރީން 2 ފެބްރުއަރީއަށް ސްވިޒަލަންޑުގެ ޖެނީވާގައި ބާއްވާ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 160 ވަނަ ބައްދަލުވުމުގައެވެ.

ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަން (ސިއާރޯ) އަކީ ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ހިމެނޭ އަދި ޞިއްޙީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މުހިންމު ސަރަޙައްދެކެވެ. މި ސަރަޙައްދުގެ އިސްވެރިޔާ ނުވަތަ ރީޖަނަލް ޑިރެކްޓަރަކީ މެންބަރު ޤައުމުތަކުގެ ސިއްޙީ ސިޔާސަތުތައް އެކަށައެޅުމުގައާއި ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތެވެ. މީގެކުރިން މި ސަރަޙައްދުގެ މަޤާމުތަކަށް އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ބޮޑެތި ޤައުމުތަކުގެ ބޭފުޅުން ވާދަކުރައްވާފައިވާއިރު، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ތަޖުރިބާކާރަކު މިފަދަ ނުފޫޒުގަދަ ބައިނަލްއަޤްވާމީ މަޤާމަކަށް ކުރިމަތިލެއްވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ އަދި ޞިއްޙީ ދާއިރާއަށް ލިބޭ ބޮޑު ޝަރަފެކެވެ.

ކޮޕީރައިޓް ©

ޓެގް

ޑަބްލިޔުއެޗްއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.