ޚަބަރު ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް މަގުމަތިން ގްރޫޕަކުން ހަމަލާދީފި

ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް މަގުމަތިން ގްރޫޕަކުން ހަމަލާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް މަގުމަތިން ގްރޫޕަކުން ހަމަލާދީފިއެވެ.

ޝިމާޒަށް ހަމަލާ ދީފައި މިވަނީ މިނިސްޓަރު ނަހުލާއާ މައްސަލަ ޖެހި ޝިމާޒު ވަކިކޮށްދޭން ރައީސް ސޯލިހްގެ އަރިހުގައި ނަހުލާ އެދިވަޑައިގެންފައި ވަނިކޮށެވެ. ޝިމާޒަށް ބަޔަކު ހަމަލާ ދިނީ މިރޭ މަގުމަތީންނެވެ. އެކަން އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަންވެސް ގޮވާލި އެވެ

މިހަމަލާގައި ޝިމާޒަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވިޔަސް، މިވަގުތު އޭނާ ހުރީ ފުލުހުންގެ މައި އިދާރާގައެވެ.

މީގެ ކުރީން ޝިމާޒު ވަނީ އެސްއެމްއެސްތަކަކާއި މޮޓަރު ސައިކަލަކަށް ގެއްލުން ދީފައިވާ ފޮޓޯއެއް ހިއްސާކޮށް “ދޮގު ތުހުމަތުތަކެއް އަޅުވާފައި ސައިކަލް ހަލާކު ކޮށްފައި، އިންޒާރުގެ މެސެޖްކޮށްފައި، އެވަރުން ނުވެގެން މިހާރު އާއިލާއަށް ގުޅާފައި އިންޒާރު ދޭން ފެށީ ކޮންކަމެއް ނުވެގެންތޯ” ސުވާލުކޮށް ޓްވީޓެއް ކޮށްފައެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

މިއީ ދުރާލާ ރޭވިގެން، ޝިމާޒަށް އިންޒާރު ދިނުމަށް ފަހު ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވާ ކަމެއެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓެގް

ޝިމާޒް މިނިސްޓަރ ނަހުލާ ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.