ޚަބަރު ވެރިކަމަށް 3 އަހަރު ފުރުން ފާހަގަކުރަން ހުޅުމާލޭގައި ބާއްވާ ޖަލްސާއަށް އާންމުންނަށް ދައުވަތު އަރުވައިފި

ވެރިކަމަށް 3 އަހަރު ފުރުން ފާހަގަކުރަން ހުޅުމާލޭގައި ބާއްވާ ޖަލްސާއަށް އާންމުންނަށް ދައުވަތު އަރުވައިފި

ވެރިކަމަށް 3 އަހަރު ފުރުން ފާހަގަކުރަން ހުޅުމާލޭގައި ބާއްވާ ޖަލްސާއަށް އާންމުންނަށް ދައުވަތު އަރުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ހުރިހާ ރައްޔިތުންނަށް ހުޅުވާލައި، އެ ރަސްމިއްޔާތަށް ދައުވަތު އަރުވައިފިއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގައި ވޭތުވެދިޔަ މުއްދަތުގައި ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ހާމަކުރެއްވުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ގައުމުގެ ތަރައްގީއަށް ހިންގަން ރާވާފައިވާ ބިޔަ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވާނެއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ރަސްމާލެ ފަދަ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ފަށައި، ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ. މީގެ އިތުރުން މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ފައިސާ ޗާޕުކުރުން ހުއްޓާލައި، ދަރަނި އަދާކުރުމާއި ރުފިޔާގެ އަގު ހިފެހެއްޓުމުގެ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ހަމައެއާއެކު، ބޭރުގެ ސިފައިން ފޮނުވާލުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރު ސިފައިންނަށް ހޯދައިދިނުން ފަދަ ސިޔާދަތީ ބޮޑެތި ކާމިޔާބީތައް ވެސް ވަނީ ހާސިލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 17 ނޮވެމްބަރު 2023 ގައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ އިގުތިސާދީ ހާލަތު އޮތީ ބޮޑު ދަރަންޏަކާއި މާލީ ދަތިކަމެއްގެ ތެރޭގައެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ އެތައް އަހަރެއް ވަންދެން ރައްޔިތުން ތަހައްމަލުކުރަމުން އައި އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އިގުތިސާދު ހަމަމަގަށް އެޅުވުމަށާއި، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.