ޚަބަރު

ގޫގުލްގެ ބޮޑު އިންވެސްޓްމަންޓް ރާއްޖެއަށް: ސަރަހައްދީ ޑިޖިޓަލް ހަބަކަށް ވެގެންދިއުމަށް ބޮޑު ކުރިއެރުމެއް

ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމައިފިއެވެ. މި ނިންމުމަކީ ރާއްޖޭގައި އިންވެސްޓްކުރުމަށް ފަހި މާހައުލަކާއި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރެވިފައިވާކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. “ދިވަރު”ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖެއަކީ ސަރަހައްދީ ޑިޖިޓަލް ހަބަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢުގެ ދަށުން ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރާނެއެވެ. މި ފެސިލިޓީގެ ސަބަބުން އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ރާއްޖެ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ވެގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެކެވެ.

ގޫގުލްއިން ރާއްޖޭގައި މި މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެންނެވެ. މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވެ، ކްލައުޑް ސާވިސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓްއަޕްފަދަ ދާއިރާތައް އިތުރަށް ތަރައްގިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close