ޚަބަރުސިޔާސީ

ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާއި ހަވާލުވެ ވަޑައިގެންފި

ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާ ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފި އެވެ. އެމަނިކުފާނާއި އެކު އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަ އަބުދުއްލަޠީފު ވެސް ވަނީ ނައިބު ރައީސްކަމުގެ ހުވާ ކުރައްވާ ނައިބު ރައީސްކަމާއި ހަވާލުވެ ވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ސެންބެގެ ހުވާ ކުރެއްވުމުގެ ދަރުބާރު އޮތީ މިއަދު ހަވީރު  4.30 ގައި ޖުމުހުރީ މައިދާނުގައެވެ. މި ދެބޭފުޅުންވެސް މަޤާމުގެ ހުވާ ކުރައްވާފައިވަނީ ރައްޔިތުން މަޖިލިސްގެ ރައީސް މުޙައްމަދު އަސްލަމާއި މަޖިލިސް މެމްބަރުންނާއި ދިވެހި އެތައް ހާސް ރައްޔިތުންގެ ކުރިފުޅު މަތީގައެވެ. މި ދެ ބޭފުޅުންނަށްވެސް މަޤާމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައީސްގެ ގޮތުގައި އުމުރުފުޅުން  45 އަހަރުގައި ރައީސް މުއިއްޒު ދިވެހރާއްޖޭގެ ވެރިކަމާއި ހަވާލުވެ މި ވަޑައިގެންނެވީ  ރިޔާސީ އިންތިހާބުގެ ދެ ބުރު ވެސް ކާމިޔާބުކުރެއްވި ފުރަތަމަ ރައީސްގެ ގޮތުގަ އެވެ.

ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މިއަދު އެމަނިކުފާނު ވަނީ މާލޭ މޭޔަރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close