އިސްލާމީ ރީތި އަޚްލާޤާއި އުސޫލުތަކާއި ޚިލާފު ކަންކަން މަންހަޖުން ބޭރުކުރުމަށް އިލްޔާސް އިލްތިމާސްކުރައްވައިފި
އިސްލާމީ ރީތި އަޚްލާޤާއި އުސޫލުތަކާއި ޚިލާފު ކަންކަން ތަޢުލީމީ މަންހަޖުން ބޭރުކުރުމަށް ޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.
އިލްޔާސް މިހެން ގޮވާލައްވައިފައި މިވަނީ ދަރިވަރުން ލައްވައި މިއުޒިކް ކުޅެ ނަށަން ދަސްކޮށް ދިނުމަށް ދެކޮޅު ހެދި ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފައިވާތީ އެކަމާ ގުޅިގެން ތަޢުލީމީ ވުޒާރާއަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގައި އިސްލާމީ ރީތި އަޚްލާޤާއި އުސޫލުތަކާއި ޚިލާފު ކަންކަން މަންހަޖުން ބޭރުކުރުމަށް ތަޢުލީމީ ވުޒާރާއަށް ހަނދުމަކޮށްދެއްވާ ކަމަށެވެ.
ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވަނީ އުކުޅަހު ޕްރީ ސްކޫލުގެ ތިން ޓީޗަރެކެވެ. އެޑިއުކޭޝަނުން ބުނެފައިވަނީ އެ ޓީޗަރުން ސަސްޕެންޑް ކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ލަނޑުދަނޑިތަކާ ދެކޮޅަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

thikahala amilla edhunbodumeehun migaumu halaakukuranee thiulhenee ISLAM dheen vikkaalaigen efaisaa in anbidhareen ah efaisaa kharadhubaradhu kohgen dhen kongothakun thikahala meehun dhakkaa vaahaka gabUlukureveynee dhenves avaha islaahuvey tho gadha alhaa massakai kurun Maa aulaakan bodu
ﷲ ގެ ރަސޫލާ(ޞޢޥ) އެންގެވި ކޮންމެ ކަމަކަށް އިދިކޮޅަށް ކަމެއް ރާވާފައި އޮންނާނެ …މިސާލު:
– މިޔުޒިކު ޙަރާމް…ކޮންސެޓް އޯކޭ ވާނެ.
– ނިޔަފަތި ކަނޑާ….ނިޔަފަތި ދިގު ކޮށް ސާފުކޮށްފައި ބަހައްޓާ.
– ހީނާފަތް އަޅާ…..ނޫން ކުލަޖައްސާ.
– ކިނބިހި އެޅުމުން الحمدلله ކިޔާ…..ނޫން އެކްސް ގިއުޒްމީ ކިޔާ.
* މިހެން އެތައް ކަމެއް.