ޚަބަރު

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މާތްވެގެންވާ މައްކާއަށް ވަޑައިގެންނެވީ، މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުގައެވެ.

ރައީސް ސޯލިހް، ރޭ ރާއްޖެ ވަޑައިގަންނަވާތީ ގިނަ އަދަދެއްގެ ނޫސްވެރިންވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހާޒިރު ވެފައެވެ. އަދި މި ދަނޑިވަޅަކީ ސްރީ ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެ ވަޑައިގެން ރާއްޖޭގަި ހުރި ވަގުތަށްވެސް ވުމާއެކު، ރައީސް މާލެ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް އެއަރޕޯޓުގައި ސަލާމަތީ ފިޔަވަޅުތއްވެސް ވަރަށް ބޮޑަށް ވަނީ ވަރުގަދަ ކުރެވިފައެވެ.

ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ގިނަ އަދަދެއްގެ މީޑިއާތައް އެއަރޕޯޓަށް ހާޒިރުވެފައި ވިނަމަވެސް، ރައީސް މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ވިދާޅުވެފައިވަނީ ރައީސް ދެ ކަނބަލުން ހައްޖަށް ވަޑައިގަންނެވީ އަމިއްލަފުޅު ދަތުރެއްގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހު ހައްޖަށް ވަޑައިގަންނެވީ ރާއްޖެއަށް ލިބުނު ކޯޓާގެ ތެރޭގައެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close