ޚަބަރު

ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ހެނދުނު ކުރިޔަށް ގެންގޮސްފިއެވެ.

މި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތު ނ.ލަންދޫގައި ހުންނަ ފެނަކަ ބްރާޗުގައިވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ.

ލަންދޫގައި ހިމެނޭ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ފެނަކަ ލަންދޫ ބްރާންޗުގެ ހުރިހާ މުވައްޒަފުން ބައިވެރިވެލެއްވި މި ޚާއްޞަ ދިދަނެގުމުގެ ރަސްމިއްޔާތު ކުރިޔަށްދިޔައީ މިއަދުގެ ހެނދުނު 06:00 ގައި ލަންދޫ ފެނަކަ ބްރާންޗުގެ ގޯތި ތެރޭގައެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ފެނަކަ ލަންދޫ ބްރާންޗުގެ އަންހެން މުވައްޒަފުންނެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ދުވަހާއި ގުޅިގެން ޚާއްޞަ ދުޢާއެއްވެސް ކުރެވިގެންދިޔައެވެ. ދުޢާ ކިޔައިދެއްވީ ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދުއެވެ.

މި ޚާއްޞަ ރަސްމިއްޔާތު ނިމިގެންދިޔައީ ހެނދުނުގެ ސައިފޮދަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close