ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލައިފި
ރައީސް ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް މަނީލޯންޑަރިންގެ އިތުރު ދައުވާއެއް ދައުލަތުން ހުށަހޅައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެތެރެއިން ހިމެނޭ މައްސަލައެކެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް މިމައްސަލައިގައި ދައުލަތުން ދައުވާކުރަނީ 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާށެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން މިމައްސަލާގައި ދެން ދަޢުވާކޮށްފައިވާ ފަރާތްތަކަކީ، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. މިފަރާތްތަކުގެ މައްޗަށް ޕްރޮސެކިއުޓާރ ޖެނަރަލް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.
އެއީ ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެންނެވެ. މިމައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ.ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން
އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑަރ
ކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ތުހުމަތުކުރައްވާފައިވެއެވެ. އަދި މި މައްސަލާގައި ދަޢުވާކޮށް، 28 ޖޫން 2010 ދުވަހު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށް އެއޮފީހުން ވިދާޅުވެއެވެ.
މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން
އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއްކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.
މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން
އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއްކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.
މިމައްސަލާގައި ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތްކުރާ ފައިސާގެ ޢަދަދުތައް ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ، ވިހި މިލިއަން އަށް ލައްކަ ފަނަރަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތްދިހަ ލާރިއާއި، ކުށުގެ ޢަމަލުން ހޯދާފައިވާ ފައިސާއާ އެއްކޮށްފައިވާ ފައިސާކަމަށް ތުހުމަތުކުރެވޭ، ތިރީސް ފަސް މިލިއަން ތިން ލައްކަ ނުވަދިހަ ދެ ހާސް ހަތް ސަތޭކަ ފަންސާސް ފަސް ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދިފައިވާ ފަސް ސަތޭކަ ހަތަރު މިލިއަން ނުވަ ލައްކަ ދިހަ ހާސް ނުވަ ސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު 5 އަހަރުދުވަހަށް ޖަލަށްލުމަށް ޙުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28ވަނަ ދުވަހުއެވެ. އެމަނިކުފަނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ކުށުގައި 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށެވެ.


