ޚަބަރު ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު ނިންމައި ކޮމިޝަންކޮށްފި

ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު ނިންމައި ކޮމިޝަންކޮށްފި

ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު ނިންމައި ކޮމިޝަންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމު ޓެސްޓުކުރުމަށްފަހު ކޮމިޝަންކޮށްފިއެވެ.

މި މަޝްރޫޢުގެ ކޮމިޝަނިންގ މަސައްކަތްތަކުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދާއި، އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ދަށުން ހޮޅުދޫގައި 6.6 ކިލޯމީޓަރުގެ ފެން ވިއުގައެއް ގާއިމުކޮށް، ދުވާލަކު 60 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓާއި 25 ޓަނުގެ ވާރޭފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. އޭގެ އިތުރުން ބޯފެން ރައްކާކުރުމަށް 350 ޓަނުގެ 2 ޓޭންކާއި، 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ގާއިމުކޮށްފައެވެ.

އަމަލީ މަސައްކަތް ނިމި ކޮމިޝަންކުރެވުނު މި ނިޒާމު އޮޕަރޭޓްކުރުމަށްޓަކައި، އެކަން ހަވާލުކުރެވޭ އޮޕަރޭޓަރަށް ނިޒާމު ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުން ވަނީ ފެނުގެ ނިޒާމުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


ޓެގް

ހޮޅުދޫ ފެނަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.