ޚަބަރު ސަރުކާރުގެ މަގާމުތައް ބެހީ އެއްބަސްވުމާ އެއްގޮތަށް، އަމިއްލަ އިސްނެންގެވުމެއް ނެތް: ރައީސް ސޯލިހު

ސަރުކާރުގެ މަގާމުތައް ބެހީ އެއްބަސްވުމާ އެއްގޮތަށް، އަމިއްލަ އިސްނެންގެވުމެއް ނެތް: ރައީސް ސޯލިހު

ސަރުކާރުގެ މަގާމުތައް ބެހީ އެއްބަސްވުމާ އެއްގޮތަށް، އަމިއްލަ އިސްނެންގެވުމެއް ނެތް: ރައީސް ސޯލިހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ސިޔާސީ މަގާމުތައް ބަހާފައިވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށާއި، އެކަމުގައި އެމަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ ބައިވެރިވުމާއެކު ސޮއިކުރި ސާފު އެގްރީމެންޓެއްގެ ދަށުން ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރަކީ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށް ބުނެ ކުރެވޭ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، ރައީސް ސޯލިހު ފާހަގަކުރެއްވީ ސަރުކާރު ހިންގާނެ ގޮތާއި މަގާމުތައް ބަހާނެ ނިސްބަތް އެ އެއްބަސްވުމުގައި ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށެވެ. އަދި ވެރިކަން ކުރެއްވީ އެ އެއްބަސްވުމަށް ފުރިހަމައަށް އިޙްތިރާމްކޮށްގެން ކަމަށާއި، އެހެން ޕާޓީތަކަށް މަގާމުތައް ދިނީ އެމަނިކުފާނު އަމިއްލަފުޅަށް ބޭނުންވެގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަން އެއްބަސްވުމާ ޚިލާފަށް ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމި ނިންމުމަށް އިޙްތިރާމްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގްރީމެންޓް ދިފާއުކުރަން ބޭނުންފުޅުވި ނަމަވެސް، ޕާޓީގެ ނިންމުމާ އެއްގޮތަށް އެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ފުރިހަމައަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، މުޅި ދައުރުގައިވެސް މަސައްކަތްކުރެއްވީ ސިޔާސީ ހަމަޖެހުން ދެމެހެއްޓެވުމަށް ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ޓެގް

ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.