ޚަބަރު

އާމިރް ޚާން ތިންވަނަ ކައިވެންޏަކަށް ތައްޔާރުވެއްޖެ!

މިއަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު އާމިރް ޚާން ވަނީ އޭނާގެ އަންހެނުން ކިރަން ރާއޯ ވަރިކުރަން އުޅޭކަމަށް ބުނެފައެވެ. އާމިރު އެވާހަކަ އިއުލާނުކުރުމުން އިންޑަސްޓްރީގެ ތެރޭގައި ވަނީ ހައިރާންކަމާއި، ނުތަނަވަސްކަން އުފެދިފަ އެވެ.

ކިރަން އަކީ ފިލްމު އުފައްދާ މީހެއް ކަމަށްވާއިރު އެއީ އާމިރްގެ ދެވަނަ އަނބިމީހާ އެވެ. މި ދެމީހުން ކައިވެނިކުރީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ދެމީހުން އެކުގައި ވަރަށް ގުޅިގެން ޙަޔާތް ވޭތުކޮށް، ޢާއްމުތަންތާންގައި ވެސް އެތައް ފަހަރެއްގެ މަތިން ދެމަފިރިން އެކުގައި އުޅޭތަން ފެނި ފައިވާއިރު ، އެ ދެމީހުން ވަކިވި ކަމުގެ ޚަބަރަކީ ބޮޑު ޝޮކަކަށް ވެގެން ދިޔައެވެ.

މި ދެމީހުންނަށް ވެސް ލޯބިލޯބި ފިރިހެން ދަރިއަކު (އާޒާދު) ލިބުމުގެ ނަސީބު ލިބިފައިވާ އިރު ކިރަން އަކީ އާމިރުގެ ފުރަތަމަ އަނބިމީހާ (ރީނާ ދައްތާ)ގެ ފަރާތުން އާމިރްއަށްލިބިފައިވާ ދެ ދަރިން ކަމަށްވާ އައިރާ އާއި ޖުނައިދު އާ ވަރަށް ގުޅޭ މީހެކެވެ.

މިޚަބަރު މިހާރު ވައިރަލް ވެފައިވާއިރު، އާމިރުގެ ފިލްމްތަކަށް އިންޒާރުކުރަމުންދާ މީހުން ކެތްމަދުވެފައިތިބީ ކަރީނާ ކަޕޫރު ޚާން، ލާލް ސިންގް ޗަޑްދާ އާއެކު އާމިރް ކުޅެފައިވާ ފިލްމްތައް ރިލީޒް ވާނެދުވަހަކަށެވެ.

އާމިރުގެ ޚަބަރުތަކަށް ވަގުތު ހުސްކޮށްގެންތިބި ނޫސްވެރިންނާއި، ލިޔުންތެރިން ވިސްނަމުން ދަނީ ހަމައެކަނި އާމިރުގެ ފިލްތައް ރިލީޒް ވާނެ ދުވަހަކަށް އެކަންޏެއްނޫނެވެ. އެމީހުން އަވަދިނެތި އުޅެނީ އާމިރް ޚާންގެ ތިން ވަނަ ކައިވެނި ކުރާނެ ނަސީބުވެރި މީހަކީ ކާކުތޯ ދެނެގަތުމުގައެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި އާމިރް ކައިވެނި ކުރަން ނިންމިކަން ރަސްމީކޮށް އިއުލާން ކުރާނީ “ލާލް ސިންގް ޗަދާ”އަށް ފަހުއެވެ.

އެއީ މި ފިލްމަށް އެއްވެސް ސަމާލުކަމެއް ނުދީ، އެއްވެސް ކަހަލަ ފާޑުކިޔުމެއް ބޮކްސް އޮފީހުގައި ކުރިއަށް ގެންދިޔުމަށް އޭނާ ހުރަސް އެޅުމުގެ ގޮތުންނެވެ.

ހަނދާނަށް އަންނަނީ އާމިރް އާއި ކިރަން ވަކިވާކަން އިއުލާނުކުރިތާ އެއް ދުވަސް ފަހުން ޕަރފެކްޓިސްޓް ޚާންގެ ޑަންގަލް ކޯ-ސްޓާ ފާތިމާ ސަނާ ޝޭޚްގެ ނަން ސޯޝަލް މީޑިއާގައި ޓްރެންޑްވާން ފެށި ކަމެވެ.

ބެލުންތެރިން ހީކުރަމުން ދިޔައީ ކިރަން ދޫކޮށްލުމަށްފަހު އާމިރު ދެން ކައިވެނި ކުރާނީ ސަނާއާއި ކަމުގައެވެ. ނަމަވެސް އެ އަޑުތައް މަޑުވާން ފެށީ އާމިރުއާއި، ސަނާއަކީ ވިޔަފާރީގެ ދެބައިވެރިންކަން ކަށަވަރުވި ހިސާބުންނެވެ. އެދެމީހުންގެ ގާތްކަމަކީ ލޯބީގެ ގުޅުމަކަށްވުރެ ވިޔަފާރީގެ ސީރިޔަސް ގުޅުމެއްކަމަށް ގިނަބަޔަކު ނިންމިހިސާބުންނެވެ.  

ފިލްމް “ޑަންގާލް” ގައި އަދި ފަހުން “ތަގްސް އޮފް ހިންދޯސްތާން” ގައި ވެސް މި ދެ މީހުން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

އާމިރް ޚާން ފާޅުގައި ނުކުމެ ކިރަން ރާއޯ ވަރިކުރަން އިއުލާނުކުރުމާއި، ސަނާއާއި، އާމިރު އާއި ދެ މީހުން އެކުގައި މަސައްކަތް ކުރާ ތަން ރޮމޭންޓިކް ކޮށް ގުޅުވާލުމަކީ ސަޕޯޓަރުންނަށް ވަރަށް އާންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close