ޚަބަރު

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ: ރައީސް މުޢިއްޒު

ރާއްޖޭގެ ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް އަންނަ އަހަރު ނިމޭއިރު ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވުނު ހަފުލާގައި ވާހަކަފުޅު ދައްކަވަނުން ރައީސް ވިދާޅުވީ، މިހާރު ހުރި ލެބޯޓަރީތައް އަޕްގްރޭޑްކުރެވި، އެތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތަކާއެކު ކޮންމެ ރަށެއްގައިވެސް މިޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ. މީގެއިތުރުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި، އަންނަ އަހަރު އެމްބިއުލާންސްގެ ޚިދުމަތް އެއްގަމާއި ކަނޑުން އަދި ވައިގެ މަގުންވެސް ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުން މިދާއިރާގައި ހުރި ވަޒީފާތަކަށް އިސްނަގައިގެން ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. ސިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސް، މިދައުރު ނިމިގެންދާއިރު ދާއިރާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close