ޚަބަރު އެއިޑްސް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެއިޑްސް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެއިޑްސް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއިޑްސް ބަލި ނައްތައިލުމަކީ ހުރިހާ ގައުމެއް ހިއްސާވާ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހަށް ހާއްސަކޮށްފައިވާ ތީމަކީ ތުރާތަކުން އަރައިގަނެ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތް ބަދަލުކުރުމެވެ.

ރާއްޖެއިން މި އަހަރު ހޯދި ބޮޑު ކާމިޔާބީއެއް ކަމަށްވާ މައިންގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕެޓައިޓިސް ބީ ޖެހުން އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ވުމަކީ، ހުރިހާ އެންމެންނަށް ހަމަހަމަކާއެކު ޞިއްޙީ ފަރުވާ ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ގުޅުންތަކާއި އެއްބައިވަންތަކަމާއެކު ޢިލްމު ބަދަލު ކުރުމުގެ ތެރެއިން އެކުގައި އިޖާދީ ގޮތުން ކުރެވުނު މަސައްކަތުން ހާސިލްވި ކާމިޔާބީތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އަދި މުޖްތަމަޢުގެ ނަޒަރިއްޔާ ބަދަލުކޮށް ކޮންމެ ފަރުދެއްގެވެސް ކަރާމާތް ރައްކާތެރިކުރުމަށް މި މަސައްކަތުގެ ތެރެއިން ބާރު އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1988 ވަނަ އަހަރުން ފެށިގެންނެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.