
ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ އެއްވަނަ ޔަގީންކޮށް، ޖަރުމަނާއި ނެދަލޭންޑްސްވެސް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީންކޮށްފިއެވެ. މި ދެ ގައުމުން ވެސް މި ކާމިޔާބީ ހޯދާފައިވަނީ ރޭ ކުޅުނު މުހިންމު މެޗުތަކުންނެވެ.
ގްރޫޕް އޭގައި ޖަރުމަނުން ރޭ އަމިއްލަ ދަނޑުގައި ސްލޮވާކިއާ ބަލިކުރީ ބޮޑު ތަފާތަކުން 6-0 އިންނެވެ. މި މޮޅާއެކު ޖަރުމަނުން ގްރޫޕްގެ އެއްވަނަ ޔަގީންކުރިއިރު، އެޓީމަށް ލީޑު ނަގައިދިނީ ނިއުކާސަލްގެ ފޯވަޑް، ނިކް ވޮލްޓެމާޑާއެވެ. ސާޖް ނަބެރީއާއި ލެރޮއި ސާނޭވެސް ގޯލުތައް ޖަހައި، ޓީމުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރިއެވެ.
ގްރޫޕް ޖީގައި ނެދަލޭންޑްސްއިން ލިތުއޭނިއާ ކައިރިން 4-0 އިން މޮޅުވެ، އެ ގްރޫޕްގެ އެއްވަނަ ހޯދިއެވެ. ނެދަލޭންޑްސްއަށް ލީޑު ނަގައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ތިޖާނީ ރެއިންޑާސްއެވެ. މި މެޗުގައި ކޯޑީ ގަކްޕޯ، ޒަވީ ސިމޮންސް އަދި ޑޮންޔެލް މާލެންވެސް ގޯލު ޖަހާފައިވާއިރު، މި ހުރިހާ ކުޅުންތެރިންނަކީ ވެސް ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.

