ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތުގައި އެހީތެރިކަމަށް ފުލުހުން އެދިއްޖެ

މާލޭގައި ދިރިއުޅޭ ދިވެހި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ.
ފުލުހުން ވިދާޅުވީ، އިބްރާހީމް އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް ކަމަށެވެ. އެދުވަހު ގެއިން ބޭރަށް ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އިބްރާހީމް އިމްތިޔާޒް ޢަލީ ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން މުހިންމު ކަމަށް ފުލުހުން ބުނެއެވެ.




