އިސްލާމީ ދައުވަތު ފެތުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފި އެވެ.
އަލީ ޒަމީރްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރިކަން އަލީ ރަމީޒުވެސް ކަށަވަރު ކޮށްދީފައިވާއިރު ސަސްޕެންޑްކުރި ސީދާ ސަބަބެއް އަދި ސާފު ނުވާކަމަށް އަލީ ވަނީ ބުނެފައެވެ.
އަލީ ރަމީޒު ގެ ޓްވިޓާ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑް ކުރިކަން އެނގިފައިވާ ކަމަށާއި، އެކައުންޓް އަލުން ހޯދަން ލިޔެފައިވާނެ ކަމަށް އަލީ ވަނީ ބުނެފައެވެ.
އަލީ ރަމީޒްގެ ފޮލޮވަރުންގެ ގޮތުގައި 28،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އޭނާދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ޖަރީމާތައް ކުށްވެރިކޮށް އަދި އިސްލާމްދީނާ އެއްކޮޅަށްހިންގޭ ޙަރަކާތްތަކަށް ޓްވިޓަރ ބޭނުންކޮށްގެން ހިތްވަރު ދެމުންނެވެ.
އަލީގެ އެކައުންޓް ހުއްޓުވިއިރު އެންމެފަހުން އޭނާ ޓްވީޓް ކޮށްފައިވަނީ ފަލަސްތީނަށް އިސްރާއީލުން ދެމުން ގެންދިޔަ ހަމަލާތައް ކުށްވެރިކޮށް އަދި ފަލަސްތީނާއެކުގައި ދިވެހިންތިބިކަން އަންގައިދިނުމުގެ ގޮތުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައިވާ ރިލޭތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...