ބާރައަހަރުގެ ފުރިހަމަ ތައްޔާރީތަކަށްފަހު އަރަބިދުނިޔޭގައި ކުޅެވޭ ފުރަތަމަ ވޯލްޑްކަޕް 2022
ދުބާއީ – އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕް އާދީއްތަ ދުވަހު ދޯހާގައި ފަށާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އަލްބެއިޓް ސްޓޭޑިއަމްގައި ކުޅޭ މެޗުގައި މުބާރާތް ބާއްވާ ގައުމު ޤަތަރު، އިކުއެޑޯއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޑިސެމްބަރު 2، 2010 ގައި ނޮމިނޭޝަން ކާމިޔާބު ކުރުމުން ފެށިގެން ނޮވެމްބަރު 20، 2022 ގައި ބޮޑު ކިކް އޮފް އަށް ކުރި ދަތުރަކީ ގޮންޖެހުންތަކާއި ޚިޔާލުތަފާތުވުންތަކެއް ނެތް ދަތުރެއް ނޫން ނަމަވެސް ގަތަރަށް ފޭބި ޓީމުތަކާއި ސަޕޯޓަރުންނަށް، އަދި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް، ހަގީގަތުގެ ވަގުތު އަތުވެއްޖެއެވެ.
މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ވެސް ބައިވެރިވީ ގޮތަށް މި މުބާރާތުގައި އަރަބި ހަތަރު ގައުމަކުން ބައިވެރިވާނެ އެވެ. މިފަހަރު އެއީ ގަތަރާއި ސައުދީ އަރަބިއްޔާއާއި މޮރޮކޯ އަދި ޓިއުނީޝިއާ އެވެ.
ޖަޕާން، ދެކުނު ކޮރެއާ، އީރާން އަދި އޮސްޓްރޭލިއާ އާއި އެކު އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރެކޯޑް ހަ މެމްބަރުންގެ ތެރޭގައި ގަތަރާއި ސައުދީ އަރަބިއްޔާ ހިމެނެ އެވެ.
އަރަބި ގައުމުތަކުގެ ތެރެއިން އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގައި ގަތަރަށް ތިން ޕޮއިންޓް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ނެދަލެންޑްސް އާއި ސެނެގާލް ވެސް ހިމެނޭ ގްރޫޕް އޭގައި ކުޅޭނެ ތިން މެޗުގެ ތެރެއިން މިއީ ޤަތަރަށް އެންމެ ފަސޭހަ މެޗެވެ.
އަރަބި ގައުމުތަކުގެ އެންމެ އުނދަގޫ ފެށުމެއް ކަމަށްވާ ސައުދީ އަރަބިއްޔާއަށް ގްރޫޕް ސީގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕޮލެންޑާއި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ކުޑަކޮށް އުނދަގޫ ދެ މެޗުގަ އެވެ.
މޮރޮކޯގެ ވަރުގަދަ ސްކޮޑަކުން ގްރޫޕް އެފްގައި ބެލްޖިއަމް ކެނެޑާ އާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމުގެ އުންމީދު ބޮޑުއިރު، ގްރޫޕް ޑީގައި ޗެމްޕިއަން ފްރާންސް، ޑެންމާކް އަދި ކެނެޑާއާ އެކު ޓިއުނީޝިއާ އަށް އުނދަގޫ ތަކެއް ކުރިމަތިވާނެވެ.
ގްރޫޕް ސްޓޭޖުން އަރައިގަނެ ކުރިއަށް ދިއުމަށް އަރަބި ޓީމުތަކަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ނަމަވެސް، އެއީ އެމީހުން ގަބޫލުކުރަންޖެހޭ މިޝަނެކެވެ. ގަތަރުގެ އަކްރަމް އަފީފީ އާއި އަލްމޯޒް އަލީ، ސައުދީގެ ސަލީމް އަލް ދައުސާރީ، އަދި ޓިއުނީޝިއާގެ ހަނީބަލް މެޖްބްރީ ފަދަ ކުޅުންތެރިންނަށް މުޅިން އާ އޯޑިއަންސަކަށް މިފަހަރު ތައާރަފް ވެވިދާނެ އެވެ.
ސެވިއްޔާގެ ކީޕަރު ޔާސީން ބަނޫ އާއި އޭނާގެ މޮރޮކޯގެ ޕީއެސްޖީގެ އަޗްރަފް ހަކީމީ އާއި ޗެލްސީގެ ހަކީމް ޒިޔެޗް ފަދަ އެހެން ކުޅުންތެރިންނަކީ ދުނިޔޭގެ ބެލުންތެރިންނަށް މިހާރު ވެސް ވަރަށް ފަރިތަ ކުޅުންތެރިންނެވެ.
އަރަބި ކޮންޓިންޖެންޓަށް ކުޅޭ ސްޓޭންޑައުޓް މެޗުތަކަކީ ނޮވެމްބަރު 29 ވަނަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ގަތަރުން ކުޅޭ ޝޯޑައުން އެވެ. ގްރޫޕް ސީގައި ސައުދީން ޕޮލެންޑާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި ސައުދީއަށް އުނދަގޫތަކެއް ކުރިމަތި ވެދާނެއެވެ. ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ޓިއުނީޝިއާ ބައްދަލުކުރާ މެޗާއި އަދި ގްރޫޕް އެފްގެ ފަހު މެޗުގައި ކެނެޑާއާ ދެކޮޅަށް މޮރޮކޯ ކުޅޭއިރު، މިއީ 16 ވަނަ ބުރަށް ދިއުމަށް އުންމީދު އާކޮށްދޭނެ މެޗެކެވެ.
މި ތަށި ހޯދުމަށް ފޭވަރިޓް ކުޅުންތެރިންގެ ތެރޭގައި ބިރުވެރި ސްކޮޑްތަކެއް އޮތް ފްރާންސް އާއި ބްރެޒިލްގެ އިތުރުން ޔޫރޯ 2020 ގެ ފައިނަލިސްޓް އިންގްލެންޑާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ހިމެނެ އެވެ.

އާޖެންޓީނާ މިފަހަރު ގިނަ ބައެއްގެ ސެންޓިމެންޓަލް ފޭވަރިޓަކަށް ވެފައިވާއިރު، ލިއޮނަލް މެސީ އެންމެ ބޮޑަށް އެދޭ ތަށި ހޯދައިގެން ޝަރަފުވެރި ކެރިއަރެއް ނިންމާލުމަށް ކުރާ މަސައްކަތުގެ ފަހަތުގައި ޖަޒުބާތުތަކެއް އުފެދިފައިވެ އެވެ.
ޑިސެމްބަރު 18 ވަނަ ދުވަހު އާޖެންޓީނާގެ މެސްޓްރޯގެ 1000 ވަނަ ޕްރޮފެޝަނަލް މެޗުގައި ކާމިޔާބު ހޯދާފައިވާއިރު، މިފާއިތުވެދިޔަ ޒަމާންތަކުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ކުޅުންތެރިއަކަށް މެސީމިހާރު މިވަނީ ވެފައެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕްވެސް ކާމިޔާބު ކުރުމަކީ އޭނާގެ ކާމިޔާބު ކެރިއަރަށް ލިބިގެންދާނެ އެންމޮޑު އަދި އެންމެފަހުގެ ކާމިޔާބު ކަންވެސް ކަށަވަރެވެ.
މެސީއާއި އެކު ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅޭނީ ހަމަ ޔަގީނުން ވެސް އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްގަ އެވެ. އަދި މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގައި ޕޯޗުގަލްގެ ކެޕްޓަންއަށް ކަންކަން އޮމާންކޮށް ނުދިޔަ ނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި އޭނާގެ ސަޕޯޓަރުންގެ ލަޝްކަރުން ޓޮޕުން އެންމެ ފަހުގެ ކާމިޔާބީތައް ހޯދާނެ ކަމަށް އުންމީދުތަކެއް ކުރާނެ އެވެ.
ގަތަރު 2022 ނިމޭއިރު މެސީ އާއި ރޮނާލްޑޯ އިރުއޮއްސޭ ހިސާބަށް ގާތްވުމާއެކު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ހުސްކަން ފޫބެއްދުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް ކުޅުންތެރިޔަކީ ކައިލިއަން އެމްބާޕޭ އެވެ.
މިހާރުވެސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްގެ ކުޅުންތެރިޔާއަކީ ދުނިޔޭގެ “ދެން” އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޚިޔާރުކުރާ ކުޅުންތެރިއެއް ކަމަށާއި، ކްލަބާއި ގައުމަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޕެރިސް ސެއިންޓް ޖާމައިންގައި ދެމިހުރި ކުޅުންތެރިޔާއަށް އަދި މާބޮޑު ކާމިޔާބީއެއް ދެމެހެއްޓިފައި ނުވާކަމަށް ގިބަޔަކު ބުނެއެވެ.
ދެން އޮތީ ނޭމާ އެވެ. މި ވޯލްޑް ކަޕަކީ ޕީއެސްޖީގައި ބްރެޒިލްގެ ޓީމް މެސީ އާއި އެމްބާޕޭ އަށް ލިބުނު އެންމެ ފަހު ފުރުސަތަކަށް ވުން ގާތްއިރު، މޮޅު ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނުމުގެ ފުރުޞަތު މިފަހަރު ވަރަށްބޮޑެވެ.
ބެލޮންޑިއޯ ކާމިޔާބުކުރި ކަރީމް ބެންޒެމާ އާއި އުރުގުއޭގެ ލުއިސް ސުއަރޭޒް އާއި ޕޮލެންޑްގެ ރޮބަޓް ލެވަންޑޯސްކީ އަދި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ފަދަ އެހެން ވެޓެރަންސް ކުޅުންތެރިންނަށް ވެސް އެންމެ މަތީ ފެންވަރުގައި ސަޕޯޓަރުންނާ ލޯބިން އަލްވަދާއު ކިޔުމުގެ ފުރުސަތު މިފަހަރު ލިބޭނެ އެވެ.
ގަތަރު 2022 ވޯލްޑް ކަޕްގައި، މިފަހަރު ކުޅޭނެ އާ ޖީލެއްގެ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ، ރަފިންހާ އަދި ބްރޫނޯ ގުއިމަރޭސް ފަދަ ކުޅުންތެރިން ހިމެނޭއިރު، ފްރާންސްގެ އެޑޫއާޑޯ ކަމަވިންގާ އާއި އޮރެލިއަން ޗުއަމެނީވެސް ހިމެނެއެވެ. އަދި އުރުގުއޭގެ ޑާވިން ނޫނޭޒްއާއި ޖަރުމަނުގެ ޖަމާލް މުސިއާލާ އާއި އަދި މޮޅު 19 އަހަރުގެ ސްޕެއިންގެ ޕެޑްރީ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ޒުވާން ކުޅުންތެރިންނެވެ.

