ޚަބަރު

ކުޑަކުދިންނަށް އުފާވެރި މާޙައުލަކާއި ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ: ފަސްޓް ލޭޑީ

ކުޑަކުދިންނަށް އުފާވެރި މާޙައުލަކާއި ފުރުޞަތުތައް ފަހިކޮށްދޭން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަނާގެ ޕޯސްޓުގައި ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވާހަކަވެސް އަޑު އަހައި، އެކުދިންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިވާންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރެވިފައިވާ ރައްކާތެރި މުޖުތަމަޢެއް ޤާއިމުކޮށް، އެކުދިން ކުރާ ޚިޔާލާއި އުންމީދުތައް ޙަޤީޤަތަކަށް ހެދޭނެ ފުރުޞަތުތައް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށް، ކޮންމެ ކުއްޖަކަށްވެސް ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރަނީ، އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ކޮންވެންޝަނަށް ޢަމަލުކުރަން ފެށި ދުވަސް ކަމަށް ވާތީއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، ކުރިއަރާ ދާން ބޭނުންވާ ކަންކަމުގައި އެކުދިންނަށް ފުރުޞަތުތައް ހޯދައިދިނުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close