ޚަބަރު ފްލައިޓަކުން ބޭލި ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

ފްލައިޓަކުން ބޭލި ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ދުބާއީން މިއަދު ހެނދުނު ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ މުދާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭލުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެތާންގެ މުވައްޒަފަކު ޒަޚަމް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާބޭލުމުގެ ތެރޭގައި ކޮންޓެއިނަރުތައް ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަހަމްވީ އެމީހާ ގައިގައި ކޮއިންޓެއިނަރުން ޖެހިގެންނެވެ.

އެ މުވައްޒަފަށް ފަރުވާ ދޭން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ކަމާބެހޭ ފަރާތަކުން މިކަން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޓެގް

ފްލައިޓް އެމްއޭސީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.