މިދިޔަ މަހުން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ނަގަމުން އައި ޖީއެސްޓީ އުވާލުމަށް ގެނައި އިސްލާހު ހިމެނޭހެން، ޓެކުހާ ގުޅޭ މުހިންމު ތިން ގާނޫނަކަށް ގެނައި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ އެޖެންސީތަކުން ނަގަމުންދިޔަ ޓެކްސް މިއަދުން ފެށިގެން ވަނީ އުވިފައެވެ. މީގެއިތުރުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ޝަރުތު 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ވަނީ އުފުލައިފައެވެ.
ރައީސް ދެން ތަސްދީގުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ އިސްލާހުގެ ދަށުން، މީރާއިން ކަނޑައަޅާ އަދަދެއް ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރެވޭނީ ބަހުސްކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ ދެއްކުމަށްފަހުގައެވެ. މި ބަދަލަށް ވެސް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ބަދަލުގައި، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމަށް އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ 30 އިންސައްތައިން 25 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ. މި މާއްދާއަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...