ޣައްޒާގައި މީޑިއާތަކަށް އަޅާފައިވާ ދަތިރުކުރުމުގެ ފިޔަވަޅުތައް އުވާލައިފި
ޣައްޒާގައި އިސްރާއީލްގް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން އިސްރާއީލަށް ދެމުންދާ ރައްދު ހަމަލާތަކުގެ ޚަބަރުތައް ކަވަރު ކުރުމަށް އެތެރެވާ ބައިނަލް އަޤުވާމީ މީޑިއާތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވުތައް އުވާލައިފިކަމަށް މީޑިއާ ރިޕޯޓްތައްބުނެފިއެވެ.
ބޭރުގެ ނޫސްވެރިންނަށް ކަނޑައެޅި އާ ގަވާއިދު އެންމެ ފުރަތަމަ އަންގާފައި ވަނީ މިހަފްތާގެ ކުރީކޮޅު ވެރިކަން ކުރާ ހަމާސްއިން ހިންގާ އިންޓީރިއާ މިނިސްޓްރީން ފޮނުވި މެސެޖުތަކުގަ އެވެ.
ދަ އެސޯސިއޭޓެޑް ޕްރެސް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މީޑިއާ ތަމްސީލުކުރާ ފޮރިން ޕްރެސް އެސޯސިއޭޝަނުން ބުނީ އެ ގައިޑްލައިން ބާތިލްކުރީ ޣައްޒާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އެފްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ “މިފަދަ ފިޔަވަޅަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޣައްޒާގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންގެ ސަލާމަތަށް ވެސް ވަރުގަދަ، ބަލައިގަނެވޭނެ އަދި ހައްގު ނޫން ހުރަހެއް ކަމުގައި ވެގެން ދިޔައީސް،” ކަމަށެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު ސަލާމާ މަރޫފް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. “އެއްވެސް ހުރަހެއް ނެތް،” އޭނާ ވިދާޅުވި އެވެ. “އަޅުގަނޑުމެން ޣައްޒާއަށް ވަންނަ ހުރިހާ ބޭރުގެ ނޫސްވެރިންނާއި މީޑިއާތަކަށް މަރުހަބާ ކިޔަން އަދި އެބޭފުޅުން އައުމަށް ގޮވާލަން.”
ރަސްމީކޮށް ގަވާއިދުތައް އަނބުރާ ގެންދިޔަ ނަމަވެސް، ހަމާސް އިން އަދިވެސް ވަނީ އެ ޖަމާޢަތުން ކުރާ އުންމީދުތަކުގެ އިޝާރާތެއް ދީފައި ކަމަށާއި، އެކަމުގެ ސަބަބުން ކްރިޓިކަލް ކަވަރޭޖަށް ފިނި އަސަރެއް ކޮށްފާނެ ކަމަށެވެ.
އިސްރާއީލާއި ފަލަސްތީނުގެ ދިގު މުއްދަތަކަށް ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ފަރާތުން ވެސް ވަނީ އެމީހުންގެ ވާހަކަތައް ލާޒިމުކޮށް ނެގެޓިވް ކަވަރޭޖް ހަނިކުރުމަށް މަސައްކަތްކޮށްފަ އެވެ. މެދުއިރުމަތީގައި އޮތް ހަމައެކަނި ޑިމޮކްރަސީގެ ގޮތުގައި ސިފަކުރާ އިސްރާއީލުގައި އަސްކަރީ ސެންސަރެއް ހުންނައިރު ބައެއް ފަހަރު ގޭގް އޯޑަރުތައް ވެސް ލާޒިމް ކުރެ އެވެ. އަދި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މީޑިއާއަށް އަސްކަރީ ހަރަކާތްތަކާއި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ވަދެވޭނެ ގޮތް ހަނިކުރެއެވެ.
އިސްރާއީލާއި ފަލަސްތީނުގގެ އިސްލާމިކް ޖިހާދާ ދެމެދު ތިން ދުވަހުގެ ހަނގުރާމައަށް ފަހު ހޯމަ ދުވަހު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ފަހު، ބޭރުގެ މީޑިއާތަކުގެ ފަރާތުން އެތެރެވުމުގެ ހުއްދައަށް އެދޭ ފަލަސްތީނުގެ ރައްޔިތުންނަށް އެ ގަވާއިދުގެ ލިޔެފައިވާ ކޮޕީއެއް އިންޓީރިއާ މިނިސްޓްރީން ވަނީ ބަހާފަ އެވެ.
ވާދަވެރި ފަލަސްތީނުގެ ބާރުތަކުން ޣައްޒާގެ ވެރިކަން 2007 ވަނަ އަހަރު ހިފެހެއްޓި ހަމާސް އިން ބުނަނީ ޒިޔާރަތްކުރާ ހުރިހާ ނޫސްވެރިންނަށް ލޯކަލް ސްޕޮންސަރެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.
މިހާރު އުވާލާފައިވާ ހުރަސްތަކުގެ ދަށުން ސްޕޮންސަރުންނަށް އަންގާފައި ވަނީ ނޫސްވެރިން ރިޕޯޓްކުރާއިރު އެމީހުންނާއެކު ދާންޖެހޭނެ ކަމަށާއި އެމީހުން އުފައްދާ އެއްޗެއްގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ހަމާސް އިން ވަނީ ޣައްޒާގެ މަސްވެރިކަމުގެ ބަނދަރާއި ގޮނޑުދޮށާއި ރަން ބާޒާރު ފަދަ ވަކި ތަންތަނުގައި ޙަރަކާތްތެރިވެ އުޅުމަށް ހުއްދަ ހޯދުމަށް ނޫސްވެރިންނަށް ހުށަހަޅާފަ އެވެ.
އަދި އިސްރާއީލުގެ މީޑިއާތަކަށް މަސައްކަތް ކުރުން ނުވަތަ އެމީހުނަށް ހިދުމަތް ދިނުން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ހަމާސް އިން ވަނީ މަނާކޮށްފަ އެވެ. އަދި އިސްރާއީލުގެ އައުޓްލެޓްތަކަށް އިންޓަވިއު ދިނުން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ މަނާކޮށްފަ އެވެ.



