ބޭރުދުނިޔެ

ޔޫކްރެއިން ދޫކޮށް ބޯޑަރު ހުރަސްކުރަމުންދާ ރެފިއުޖީންގެ ޢަދަދު 1.5 މިލިއަނަށް ގާތްކޮށްފި

ޔޫކްރެއިންއާއި ކިޔޭވްއަށް ރަޝިޔާއިން ހަމަލާދެމުން ގެންދާތާ 11 ދުވަސް ވެފައިވާއިރު، އަމިއްލަ ޤައުމު ދޫކޮށް ބޯޑަރު ހުރަސްކުރަމުންދާ ޔޫކްރެއިންގެ ރެފިއުޖީންގެ އަދަދު 1.5 މިލިއަނަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެނެމެ ގިނަ މީހުން ހިޖުރަ ކުރަމުންދަނީ ރަޝިޔާ ސިފައިން ހިސާރުކޮށްފައިވާ ދެކުނުގެ ދެ ސިޓީ ކަމަށްވާ މަރިއުޕޯލް އާއި ވޮލްނޮވަޚާއިން ނެވެ.

ޔޫކްރެއިންގެ ރައްޔިތުން އަވަށްޓެރި ޕޮލެންޑާއި، ރޫމޭނިއާއާއި، ސްލޮވާކިއާއާއި، އެހެން ބައެއް ސަރަހައްދުތަކަށް ފިލައިގެން ދާން މަޖުބޫރުވެފައިވާކަމަށް ޔޫކްރެއިންގެ ރައްޔިތުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާ ސިފައިން ހިފާފައިވާ ސަރަހައްދުތަކުގައި ތިބި މީހުން ހަމަލާ ބަދަލުކުރުމަށާއި ހަނގުރާމަކުރުމަށް ވަނީ ގޮވާލައްވާފައެވެ.

“އަހަރެމެން ޖެހޭނީ ބޭރަށް ގޮސް މި ނުބައި ނުލަފާ ކަން އަހަރެމެންގެ ސިޓީތަކުން ބޭރުކުރަން،” ޒެލެންސްކީގެ ގައުމު އަލުން އާރާސްތު ކުރަން ވައުދުވަމުން ރައީސް ވިދާޅުވިއެވެ. “މިކަމުގައި އަޅުގަނޑުގެ އިތުބާރު އިތުރަށް ވަރުގަދަވެގެންދަނީ އަޅުގަނޑުމެންގެ ރެސިސްޓެންޓް، އަޅުގަނޑުމެންގެ އިހުތިޖާޖުގެ ހަކަތައިން.” ވަރަށް ޖޯޝާއި ހިތްވަރާއެކު ވާހަކަ ދެއްކެވިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ޔޫކްރެއިންއަކީ “ޑީމިލިޓަރައިޒްޑް” އަދި “ޑީނާޒީ” ވެފައިވާ ނިއުޓްރަލް ޔޫކްރެއިންއަކަށް ހަދަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޔޫކްރެއިން އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ޕޫޓިންގެ ސަބަބުތަކަކީ އެއްވެސް އަސާސެއް ނެތް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެ ސަބަބުތައް ކުށްވެރިކޮށްފަ އެވެ.

ޔޫކްރެއިން-ޕޮލެންޑް ބޯޑަރުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާ ބައްދަލުކުރެއްވުމަށްފަހު ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިންއަށް އާ ހަތިޔާރު ލިބޭނެކަމަށް ލަފާކުރައްވާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close