ބޭރުދުނިޔެ ނިމިދިޔަ ރަމަޟާންމަހު ދެ ޙަރަމްގައި 33 މިލިއަނަށްވުރެ ގިނަ ރޯދަވީއްލުން ފޯރުކޮށްދީފި

ނިމިދިޔަ ރަމަޟާންމަހު ދެ ޙަރަމްގައި 33 މިލިއަނަށްވުރެ ގިނަ ރޯދަވީއްލުން ފޯރުކޮށްދީފި

ނިމިދިޔަ ރަމަޟާންމަހު ދެ ޙަރަމްގައި 33 މިލިއަނަށްވުރެ ގިނަ ރޯދަވީއްލުން ފޯރުކޮށްދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިޔާޟް: މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ރޯދަވެރިންނަށް 33.8 މިލިއަނަށްވުރެ ގިނަ ރޯދަވީއްލުން ބަހާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

މި ހިސާބުތަކުން ދޭހަވަނީ އަޅުކަން ކުރާ ފަރާތްތަކަށް ސައުދީ ސަރުކާރުން ބަހައްޓާ ހާއްސަ އަހަންމިއްޔަތާއި، ރޫހާނީ ގޮތުން ފުރިހަމަ މާހައުލެއް ގާއިމުކޮށްދިނުމަށް އެ ގައުމުން ކުރާ އިހުލާސްތެރި މަސައްކަތްތަކެވެ.

ރޯދަވީއްލުން ބެހުމުގެ މި ބޮޑު މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ “ޖެނެރަލް އޮތޯރިޓީ ފޯ ދަ ކެއާ އޮފް ދަ އެފެއާޒް އޮފް ދަ ގްރޭންޑް މޮސްކް އެންޑް ދަ ޕްރޮފެޓްސް މޮސްކް” ގެ ބެލުމުގެ ދަށުން، ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ ހާއްސަ ތަންތަނުގައި، ސިއްހީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރަމުންނެވެ. މީގެ ބޭނުމަކީ، ހާއްސަކޮށް މަގްރިބް ނަމާދުގެ ކުރިން އޮންނަ ބާރުބޮޑު ވަގުތުތަކުގައި، އަޅުކަން ކުރާ ފަރާތްތަކަށާއި އުމްރާވެރިންނަށް އަމާންކަމާއި އޮމާންކަމާއެކު ރޯދަވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.

މި މަސައްކަތްތަކުން ދޭހަވަނީ މީހުން ކޮންޓްރޯލް ކުރުމާއި އޮޕަރޭޝަނަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޮތް ވަރުގަދަ ކޯޑިނޭޝަނެވެ. އަދި މިއީ ސައުދީ ވިޜަން 2030 އާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ހަރަމްފުޅުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއްކަމަށްވެސް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.

ހަރަމްފުޅުތަކުގައި ރޯދަވީއްލުން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ މިންގަނޑުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެއެވެ.

މީގެ އިތުރުން، ރަމަޟާން މަސް ފެށުމުގެ ކުރިން އެ އޮތޯރިޓީން ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކަށާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި ވަގުފްތަކަށް ރޯދަވީއްލުން ހަދިޔާކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

ޓެގް

މަސްޖިދުލްޙަރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.