ބޭރުދުނިޔެ ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުގެ ހައިބަތު ގެއްލި، ނަތަންޔާހޫ “ޝައިޠާނަކަށް” ވެއްޖެ

ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުގެ ހައިބަތު ގެއްލި، ނަތަންޔާހޫ “ޝައިޠާނަކަށް” ވެއްޖެ

ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުގެ ހައިބަތު ގެއްލި، ނަތަންޔާހޫ “ޝައިޠާނަކަށް” ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ މަގުބޫލުކަން އިންތިހާއަށް ދަށަށްގޮސް، އޭނާގެ ނަމަކީ ދުނިޔޭގެ ގިނަ ބައެއްގެ ކުރިމަތީގައި “ޝައިޠާނެއް” ފަދަ ނަމަކަށް ވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނި ގޮތުގައި، ދުނިޔޭގެ ރައްޔިތުންގެ މެދުގައި ނަތަންޔާހޫއާ މެދު އޮތް ނަފުރަތު ވަނީ ބޮޑުވެފައެވެ.

އެ ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މަގާމާއި ގަދަރު ދުނިޔޭގެ ކުރިމަތީގައި ދަނީ ވަރަށް ބާރަށް “އަޑިއަށް” ދަމުންނެވެ. ޚާއްޞަކޮށް، ކުރިން އިސްރާއީލަށް ތާއީދުކުރި އިޓަލީ ފަދަ ގައުމުތަކުގެ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލަކީ މީގެ ހެއްކެއް ކަމަށް އެ މީޑިއާއިން ފާހަގަކުރެއެވެ.

ޗެނަލް 12 އިން އިތުރަށް ބުނެފައިވަނީ، އިސްރާއީލުގެ ހީނަރުކަން ހަމައެކަނި ސިޔާސީ މަތީ ފަންތީގެ ތެރޭގައި އޮތް ނަމަވެސް، މިހާރު އެކަން ދުނިޔޭގެ މަދަނީ ޖަމިއްޔާތަކާއި އާންމު ރައްޔިތުންގެ މެދުގައި ވެސް ވަނީ ފެތުރިފައެވެ.

މި ރިޕޯޓުތައް އާންމުވެފައި މިވަނީ، އިސްރާއީލުގެ އެތެރޭގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް ނަތަންޔާހޫގެ މަގުބޫލުކަން އިންތިހާއަށް ދަށަށް ގޮސް، ކުރިއަށް އޮތް ތަނުގައި އޭނާއަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ކުޑަކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

ޓެގް

ނަތަންޔާހޫ އިސްރާޢީލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.