ބޭރުދުނިޔެ އިންޑޮނޭޝިއާގެ ބާލީގައި ޑަޗް ފަތުރުވެރިއަކު މަރާލި ދެ މީހަކު ހޯދަނީ

އިންޑޮނޭޝިއާގެ ބާލީގައި ޑަޗް ފަތުރުވެރިއަކު މަރާލި ދެ މީހަކު ހޯދަނީ

އިންޑޮނޭޝިއާގެ ބާލީގައި ޑަޗް ފަތުރުވެރިއަކު މަރާލި ދެ މީހަކު ހޯދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑޮނޭޝިއާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ބާލީގައި، ނެދަލޭންޑްސްގެ ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ކުށްވެރިވާ ދެ މީހަކު ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ފަށައިފި ކަމަށް އަންގާރަ ދުވަހު އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ލޯކަލް ޕޮލިސް ޗީފް އައި ކެޓުޓް އަގަސް ޕަސެކް ސުދީނާ ވިދާޅުވި ގޮތުގައި، އުމުރުން 49 އަހަރުގެ ރެނޭ ޕޯއަށް މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި، އޭނާ މަޑުކޮށްގެން ހުރި ބާޑުންގް ޑިސްޓްރިކްޓްގެ ވިލާއެއްގެ ކައިރިންނެވެ.

ކެޓުޓް ވިދާޅުވި ގޮތުގައި، ދެ މީހަކު ވެގެން ވަޅިން ޕޯއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް އޭނާގެ ލޯބިވެރިޔާ (ޕީ.އައި) ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މި ހަމަލާގައި ޕޯގެ ބޯ، ކަރު، ކޮނޑު އަދި ފައިގެ ފަލަމަސްގަނޑަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާ މަރުވީ ލިބުނު ޒަހަމްތަކުން މާގިނައިން ލޭ ބޭރުވުމުގެ ސަބަބުން ކަމަށް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.

މި ހަމަލާގައި ޕޯގެ އަތުން އެއްވެސް މުދަލެއް ފޭރިގެންފައި ނުވާތީ، ފުލުހުން މިހާރު ދަނީ މި ހަމަލާ ދިނުމުގެ ފަހަތުގައިވާ އަސްލު މަގުސަދު ތަހުގީގު ކުރަމުންނެވެ.

ޕޯގެ ލޯބިވެރިޔާ ބުނި ގޮތުގައި، ހަމަލާދިން މީހުންގެ ތެރެއިން އެކަކު ހުރީ އިންޑޮނޭޝިއާގެ ޓެކްސީ ޑްރައިވަރުން އާންމުކޮށް ބޭނުންކުރާ ފަދަ ކަޅާއި ފެހި ކުލައިގެ ޖެކެޓެއް ލައިގެންނެވެ. އަދި އަނެއް މީހާ ހުރީ އޮރެންޖު ކުލައިގެ ގަމީހެއްގައެވެ.

މި ހިނގާ މަހުގެ ތެރޭގައި، ދަރަނީގެ މައްސަލައެއްގައި އޮސްޓްރޭލިއާގެ ރައްޔިތަކު މަރާލި މައްސަލައިގައި ބާލީގެ ކޯޓަކުން ވަނީ އޮސްޓްރޭލިއާގެ ދެ މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މި މަރު ރޭވުމުގައި ބައިވެރިވި ތިންވަނަ މީހަކު 12 އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ފާއިތުވި މަހު ބާލީއާ އަވަށްޓެރި ލޮމްބޮކް އައިލެންޑްގައި ސްޕެއިންގެ ދުވަސްވީ ފަތުރުވެރިއަކު މަރާލި މައްސަލައިގައި އިންޑޮނޭޝިއާގެ ދެ މީހަކަށް 18 އަހަރުގެ ޖަލު ހުކުމެއް އެ ރަށުގެ ކޯޓަކުން ވަނީ އިއްވާފައެވެ.

ޓެގް

އިންޑޮނޭޝިޔާ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.