ޚަބަރު ފުރަތަމަ ނުވަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ ނުވަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ ނުވަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމަށް ނަގާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަމުން އަންނަ މި ޓެކުހަކީ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 12 ޑޮލަރު އަދި ގެސްޓްހައުސްތަކުގައި ތިބޭ މީހުންގެ އަތުން 6 ޑޮލަރުގެ މަގުންނެވެ. ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުން އަންނައިރު، މިވަގުތު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓާ، 932 ގެސްޓްހައުސް އަދި 166 ސަފާރީ އުޅަނދު އަންނަނީ ޚިދުމަތް ދެމުންނެވެ. ފަތުރުވެރިން އައުމުގެ ނިސްބަތް އިތުރުވުމަކީ ގްރީން ޓެކުހުގެ އާމްދަނީ މަތިވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފައިސާ ބޭނުންކުރަމުން ދަނީ ރާއްޖޭގެ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަޝްރޫޢުތަކަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ރަށްރަށުގެ ކުނި މެނޭޖުކުރުމާއި ސާފު ތިމާވެއްޓެއް ޤާއިމުކުރުމަށް ހިންގާ ގިނަ މަޝްރޫޢުތައް ހިމެނެއެވެ.

ޓެގް

މީރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.