ޚަބަރު

4 އަހަރުގެ ކުޑަކުއްޖަކު މަޖީދީމަގުން ކާނުގަނޑެއް ތެރެއަށް ވެއްޓި ޒަހަމުވެއްޖެ

ހަތަރު އަހަރުގެ ކުޑަކުއްޖަކު މާލޭ މަޖީދީ މަގުން ކާނުގަނޑެއްތެރެއަށް ވެއްޓި ޒަހަމުވެއްޖެ އެވެ.

އެކުއްޖާ ވެއްޓިފައިވަނީ ހީނާމަގުން ހިނގާފައި ދަނިކޮށް އެތަނުގައި އޮތް ބާ ކާނުގަނޑެއް ބިންދައިގެން ގޮހެވެ. އެ ކުއްޖާގެ ފައި ވަރަށް ބޮޑަށް ޒަހަމުވެގެން އޭޑީކޭއަށް ގެންގޮސް ފަރުވާދީފައި ވެއެވެ.

މިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އެމްޑީއޭ ޑެޕިއުޓީ ލީޑާރު ޑރ. އައިޝަތު ރަފިއްޔާއެވެ. ޑރ. ރަފިއްޔާ ކުރި ޓްވީޓްގައި މިފަދަ ކަންކަމަށް ޒިންމާވާނީ ކާކުތޯ ވަނީ ސުވާލު އުފައްދާފައެވެ.

މިކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިތާ ގަޑިއިރެއްގެ ތެރޭގައި ކާނުގަނޑު ވަނީ ބަދަލުކޮށްފައެވެ. މާލޭ ސިޓީ މޭޔަރު މުއިއްޒު ވަނީ ކާނުު ބަދަލުކޮށްފައިވާ ކަމަށާއި، އެފަދަ ކަމެއް ހިނގީތީ ހިތާމަ ކުރާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close