ޚަބަރު

ކެނދިކުޅުދޫސްކޫލްގެ ޤުރުއާންމުބާރާތުގެ އެއްވަނައަށް ބެޑްރޫމްސެޓެއް

ނ.ކެނދިކުޅުދޫ ސްކޫލްގެ މިއަހަރުގެ ޤުރުއާންމުބާރާތުގެ އެއްވަނަ އިނާމަކަށް ބެޑްރޫމްސެޓެއް ދިނުމަށް އެސްކޫލުން ނިންމައިފިއެވެ.

އެސްކޫލްގެ ޤުރުއާންމުބާރާތުގެ ވިލަރެސް ކޮމިޓީގެ އިސްބޭފުޅަކު ނާރެސްމީޑިއާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިއަހަރަކީ އެސްކޫލުގެ ގޯލްޑެން ޖުބުލީ ފާހާގަކުރާ އަހަރުކަމަށްވުމުން މިއަހަރު ބާއްވާ މުބާރާތްތައް އެހެންއަހަރުތަކާ ޚިލާފަށް ކޮލިޓީވާނެކަމަށެވެ. އަދި ކަނޑައަޅާ އިނާމުތަކުގެ ފެންވަރުވެސް ރަގަޅުކުރުމަށް އެސްކޫލުން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތަށް ބެޑްރޫމްސެޓޭއް ކަނޑައަޅާފައިވަނީ ކަމަށެވެ.

ކެނދިކުޅުދޫ ސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާރޗް 1 ން 4 އެވެ. މުބާރާތުގައިވަނީ ޖުމުލަ 192 ދަރިވަރުން ބައިވެރިވެ ކިޔަވާ ނިމިފައެވެ.

މުބާރާތުގެ އެއްވަނައަށް ދިނުމަށް ނިންމާފައިވާ ބެޑްރޫމްގެ ސެޓްގެ އިތުރުން ދެވަނަ އަދި ތިންވަނައަށްވެސް ވަނި ވަރަށް ޚާއްޞަ އިނާމްތަކެއް ދިނުމަށް އެސްކޫލުން ނިންމާފައެވެ. އަދި އެއީ ކޮންކަހަލަ އިނާމްތަކެއް ކަމެއް އެސްކޫލުން ހާމަކޮށްފައެއް ނުވެއެވެ. ކޭކޭއިން ބުނީ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމްދިނުން އޮންނާނީ މިއަންނަ ސެމިސްޓަރ ބްރޭކަށްފަހު ސްކޫލުހުޅުވުމުންކަމުގައެވެ.

ކެނދިކުޅުދޫ ސްކޫލްގެ ގޯލްޑެން ޖުބުލީ މިއަހަރު ފާހަގަކުރަމުންދިޔަނަމަވެސް މިއީ އެސްކޫލްގެ 52 ވަނައަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close