ޚަބަރު

މެމްބަރު އާމިރު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް !

ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އާއްމުވެފައިވާ ވީޑިއޯގައި އާމިރު ސައިކަލް މަތީގައި އިންނަވަނިކޮށް ޓްރެފިކް ދެ ފުލުހުން އައިސް ގަދަކަމުން އޭނާގެ ދެއަތް ފުރަގަހަށް ގެންދަން މަސައްކަތްކުރާ ތަން ފެނެއެވެ.

އަދި އެ ވީޑިއޯގައި އާމިރު، “އަނިޔާ ނުކުރާށޭ” ބުނާ އަޑު ވެސް އިވެއެވެ. ސައިކަލު މަތިން އާމިރު ބާލައިގެން ގެންދާ ތަން ވެސް އެ ވީޑިއޯއިން ފެނިގެންދިޔައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާމިރު ހައްޔަރުކުރަން މަސައްކަތްކުރީ އޭނާގެ އަތުގައި ލައިސަންސް ކާޑު ނެތި ދުއްވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރުމަށްފަހު ގަޑިއެއްހާއިރު ފަހުން އާމިރު ދޫކޮށްލި ނަމަވެސް ނުރައްކާތެރިކޮށް ސައިކަލު ދުއްވިކަމުގެ ތުހުމަތުގައި އާމިރުގެ ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އާމިރަކީ ސަރުކާރާ އެކީ މި ފަހަރު އަލަށް ކޯލިޝަން ހެދި ޕާޓީ، އެމްޑީއޭ އަށް ނިސްބަތްބާ މެމްބަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close