ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް އަށް އަހަރަށްފަހު މަގާމުގެ ކުރިއެރުން މިއަދު ދީފި އެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ހަފްލާގައި ޖުމްލަ 58 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީފައި ވެއެވެ.

މަގާމުގެ ކުރިއެރުން ދިން ރޭންކުތަކަކީ:

ލާންސްކޯޕްރަލް ރޭންކުން ކޯޕްރަލްގެ ރޭންކަށް
ކޯޕްރަލް ރޭންކުން ސާޖަންޓު ރޭންކަށް
ސާޖަންޓުގެ ރޭންކުން ސުޕްރިންޑެންޓް ރޭންކަށް

މީގެ ކުރިން ”އެއަޕޯޓު ސެކިއުރިޓީ“ ގޮތުގައި ދެމުން އައި އެއަޕޯޓު ސެކިއުރިޓީ ހިދުމަތް ”އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް“ ގެ ނަމަށް ބަދަލުކޮށް އެއީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ވަކި އިދާރާއަކަށް ހެދީ 2013 ވަނަ އަހަރު އެވެ.

މިއަދުގެ ހަފްލާ ޝަރުފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުން އޮތީ ހުއްޓުވާފައި ކަމަށާއި، އޭގެ ސަބަބުން، ބައެއް ސީނިއަ މުވައްޒަފުންގެ ސީނިއަރިޓީވެސް ގެއްލޭ ގޮތްވި ކަމަށެވެ. އަދި ނަތީޖާއެެެއްގެ ގޮތުން މުވައްޒަފުންގެ މޯޓީވޭޝަނަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close