ޚަބަރު

އިންޓަރެނެޓްގެ އަގަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މީޑިއާގައި އެވަނީ ސައްޙަ މަޢުލޫމާތެއް ނޫން – މިނިސްޓަރ ފައްޔާޒް

އިންޓަރެނެޓްގެ އަގަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މީޑިއާގައި އެވަނީ މުޅިއަކުން ސައްޙަ މަޢުލޫމާތެއް ނޫން ކަމަށާއި، އެހެންނަމަވެސް ވަރަށް އަވަހަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް މިނިސްޓްރީއޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އިކޮނަމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތުގެ އަގަށް ގެންނަ ބަދަލު އަދި ކަނޑައެޅިފައިނުވާކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ ޚިދުމަތުގެ އަގަށް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ ޚިދުމަތުގެ އަގުތައް އަންނަ ޖުލައި މަހުން ފެށިގެން ހެޔޮކުރަން ނިންމާފައިވާކަމަށް ހާމަކޮށް އެއަގުތަކާއެކު މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެއެވެ.

އެގޮތުން ބައެއް އޮންލައިން މީޑިއާތަކުގައިވާގޮތުން އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 25 އެމްބީޕީއެސް) މިގޮތަށެވެ. އަދި މިއީ ފިކްސްޑް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެއްކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިނިސްޓަރ ފައްޔާޒު އެކަމާގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ހެޔޮކުރަން ނިންމާފައިވާ އަގުތަށްކަމަށްބުނެ ދައުރުވަމުންދަނީ %100 ރަނގަޅު މަޢުލޫމާތުތަކެއް ނޫންކަމަށެވެ. ސަރުކާރުގެ ވަޢުދާއެއްގޮތަށް އިންޓަރނެޓް އަގު ހެޔޮކުރުށްޓަކާއި ކުރިއެކޭއެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކާއި ތަޖުރިބާކާރުންނާއި މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި މަޝްވަރާކުރައްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކުވެސް އިންޓަރނެޓްގެ ޚިދުމަތުގެ އަގު ކުޑަކުރުމާއި ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސްކަމެއް މުޅިން ފައިނަލްކޮށް ފައިނުވިނަމަވެސް މުހިއްމު ބަދަލުތަކެއް ވަރަށް އަވަހަށް ފެންނިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ސަރުކާރުންވެފައިވާ ވަޢުދާއެއްގޮތަށް މިހާތަނަށް އައިއިރުވެސް އިންޓަރނެޓްގެ އަގުހެޔޮކުރެވިފައި ނުވާތީ ކުރިން މިނިސްޓަރީއޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައިހުރި މުޙައްމަދު މަލީހު ޖަމާލްގެ އިތުރުން ސަރުކާރަށްވެސް ބައެއްފަރާތަކުންވަނީ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. މިއާއެކު ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުރެ ނަތީޖާ ނުނެރޭކަމަށްބުނެ ރައްޔިތުންގެ މަޖިލީހުންވަނީ މަލީހު މަޤާމުން ދުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close