ޚަބަރު

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާ ގުޅިގެން، މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.

މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ވެފައިވާ އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް، އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާނުކޮށް ހިފެހެއްޓި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައެކެވެ. ރައީސް ޔާމީން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close