ޚަބަރު

ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިފި

ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިފިއެވެ.

އެމަގާމަށް ޒަހާ އައްޔަން ކުރެއްވީ މިއަދު އެވެ. އެ މަގާމަށް ޒަހާ އައްޔަން ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އެވެ.

ޒަހާ އަކީ މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރެވެ.

އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި އެ މިނިސްޓްރީގެ ސްޓޭތް މިނިސްޓަރުގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ޒަހާއަކީ މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close