ޚަބަރު މާލެއިން ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، ސަމާލުވާން އަންގައިފި

މާލެއިން ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، ސަމާލުވާން އަންގައިފި

މާލެއިން ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، ސަމާލުވާން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދުން މި ހަފްތާގައި ހިމަބިހި (މީސަލްސް) ޖެހިފައިވާ ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލިޖެހިގެން އައި ދެ މީހަކު ވެސް ހިމެނެއެވެ.

މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުނު ގޮތް ދެނެގަތުމަށްޓަކައި ކޭސް އިންވެސްޓިގޭޝަނާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު ދަނީ ކުރަމުންނެވެ. އަވައްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރެމުންދާތީ، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވާތީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން ބާރުއަޅުއްވައެވ

ޓެގް

އެޗްޕީއޭ ހިމަބިހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.