ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ހިޔާނާތުގެ މައްސަލައިގައި މާދަމާ ބާއްވަން ތާވަލުކޮށްފައި އޮތް ޝަރީއަތުގެ އަޑުއެހުން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތުދިން ގޮތުގައި އެކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރުމަށް އެދުނީ ދައުލަތުގެ ފަރާތުންނެވެ. އަދި މި އަޑުއެހުން ނުބޭއްވި ލަސްވެގެންދިޔައީ ދައުލަތުގެ ވަކީލުން ބަލިވުމުގެ ސަބަބުން ކަމަށް ކޯޓުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ މީގެ ކުރިން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ. ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ދައުލަތުން މި ދައުވާތައް އުފުލާފައިވާއިރު، މިއީ ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ.
މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅޭ އަޑުއެހުމެއްވެސް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފައެވެ. ކުރިން އެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަންގާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...