ޚަބަރު 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަވަނަ އިޞްލާޙުގެ ދަށުން، ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށްވެސް އެމީހުންގެ ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ ޚާއްޞަ ޤަވާއިދު ގެޒެޓުކޮށް ރަސްމީކޮށް ޢަމަލުކުރަން ފަށައިފިއެވެ.

މިއީ މީގެ ކުރިން އުމުރުން 65 އަހަރު ފުރުމުން ނުވަތަ ޖާގަ ލިބޭއިރު އެ އުމުރު ހަމަވެފައިވާ ފަރާތްތަކަށް މި ފައިސާ ބޭނުންނުކުރެވޭ ގޮތަށް އޮތް އޮތުމަށް ގެނެވުނު ބޮޑު ހައްލެކެވެ.

އަލަށް އެކުލަވާލި އުޞޫލުގެ ދަށުން މި ފުރުޞަތު ލިބޭނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 ރުފިޔާ ހުރި ފަރާތްތަކަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ މިންވަރު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ބާކީ ހުންނަންޖެހެއެވެ. ޝަރުތުހަމަވާ މެންބަރުން ޙައްޖު ކޯޕަރޭޝަނަށް ދަތުރުގެ ޚަރަދުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖައްސަން ޕެންޝަން އޮފީހަށް ހުށަހެޅުމުން ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޙައްޖަށް ޖާގަ ރިޒާވްކުރި ނަމަވެސް އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި އެ ފައިސާ ޙައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ގެންދާނީ އިންވެސްޓްކުރެވެމުންނެވެ. އެހެންކަމުން މެންބަރުންގެ ރައްކާކުރެވިފައިވާ ފައިސާއިން ލިބޭ މަންފާ މެދުކެނޑުމެއްނެތި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

މީގެއިތުރުން، ޕެންޝަން ލިބެމުންދާ ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުން ޙައްޖު ބެނެފިޓްގެ ދަށުން ފައިސާ ބޭނުންކުރުމުން، މަހުން މަހަށް ލިބޭ ޕެންޝަންގެ މިންވަރަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ގަވާއިދުގައިވެއެވެ. ނަމަވެސް، އެއްވެސް ހާލަތެއްގައި ޙައްޖު ރިޒަވޭޝަން ބާތިލުވެ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން މަހުން މަހަށް ލިބޭ ޕެންޝަން އަލުން ހިސާބުކުރެވިގެންދާނެއެވެ.

ޓެގް

ހައްޖުކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.