މާލެއަށް އުދަ އަރައި، ކާނިވާ ސަރަހައްދުގައި ފެންބޮޑުވެއްޖެ
މާލެއަށް އުދަ އަރައި، ކާނިވާ ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.
އުދަ އަރާފައިވަނީ މާލެއަށް އާންމުކޮށް އުދައިގެ އަސަރު ކުރާ ކާނިވާ ސަރަހައްދަށެވެ.
އުދަ އެރުމުގެ ސަބަބުން ކާނިވާ ސަރަހައްދުގައި ހުރި ރެސްޓޯރެންޓްތަކަށް ލޮނު ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ލޮނުގެ އަސަރު ކޮށްފައެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ކާނިވާ ސަރަހައްދަށް އުދަ އަރާފައިވާއިރު، އުދައިގެ އަސަރު ވަނީ ބޮޑުތަކުރުފާނު މަގަށް ވެސް ފޯރާފައެވެ. އެގޮތުން އެ މަގުގައި ވަނީ ފެންބޮޑުވެފައިކަން ފާހަގަ ކޮށްލެވެއެވެ.
މާލެއަށް އުދައިގެ އަސަރު ކޮށްފައިވާއިރު، މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 13:30 އަށް ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.